ބީލަން
ނަންބަރު: (IUL)309-AHI/309/2026/101
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 10:28
ސުންގަޑި: 30 ނޮވެންބަރު 2026 13:00
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު - ކެމިކަލް ގުދަން ހެދުމަށް ބިޑް އުސޫލުން ކުލީބިން ދޫކުރުމަށް ހުޅުވާލުން

1. ކެމިކަލް ގުދަން ހެދުމަށް ބިޑް އުސޫލުން 01 ކުލީބިން ދޫކުރުމަށް ހުޅުވާލަމެވެ.

2. ކުލީބިމުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ މައުލޫމާތު:

  •  ބިމުގެ ބޮޑުމިން: 30*50 ފޫޓް (1500 އަކަފޫޓް)
  •  ބިމު ކުލި: މަހަކު އަކަފޫޓަކަށް 0.20ރ (ވިހި ލާރި) އަށްވުރެ ކުޑަނޫން އަދަދަކަށް.

3. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 30 ނޮވެމްބަރު 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދަރާގައި ރަޖިސްޓްރީ ކުރެވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭ ފޯމު އިނގުރައިދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.

4. މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 29 ނޮވެމްބަރު 2026 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.

5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 08 ޑިސެމްބަރު 2026 ވާ އަންގާރަ ދުވަހުގެ 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.

6. މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 03 ޑިސެމްބަރު 2026 ވާ ބުރާސްފަތި ދުވަހު 13:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.

7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   ފޯނު ނަންބަރު: 6580028

   އީ-މެއިލް: [email protected]

   ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.   

19 ނޮވެންބަރު 2026