ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)422-B1/422/2026/63
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 21:14
ސުންގަޑި: 26 ނޮވެންބަރު 2026 14:00
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެތިގެ ފުރަގަހުން ހަދާ މަގުގައި ހުރި ރުއްގަހާއިބެހޭ

ރަށުގެ ވަށައިގެން ހަދާ މަގުގެ ތެރެއިން ކެތިގެ ފުރަގަހުން ފެށިގެން އިރުމަތީގެއިން ހަވީރީ އުފާ ހަމައަށް ހަދާ މަގުގައި ހެދުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އެހެންކަމުން މި ބިމުގައި ހުރި އެންމެހާ ރުއްގަހުގައި މިއިދާރައިން ވަނީ ގަދަ ނޫކުލައިން ކުލައިގެ ސްޕްރޭއިން ނަންބަރު ޖަހާފައިއެވެ.

ސަރަޙައްދު

ޖެހިފައިވާ ނަންބަރުތަކުގެ ތަފްސީލު

ތުއްތުއިދި ހިގުން (ކެތިގެ ފުރަގަސް)

ފުނަގަސް

1 އިން 11 އަށް

ރުއް

1 އިން 22 އަށް

 

ވީމާ، މިބިމުގައި ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތުން އެ ބޭފުޅެއްގެ ރުއްގަސް 15 ދުވަސް ތެރޭގައި ނެގުމަށް ދަންނަވަމެވެ. ބަދަލު ބޭނުންވާ ފަރާތްތަކުން އެ ބޭފުޅެއްގެ ރުއްގަހުގެ ނަންބަރު އެގޭނެހެން 26 ނޮވެމްބަރު 2026 ވާ ބްރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިޔުމުން މި އިދާރާއަށް ހުށައެޅުމަށް ދަންނަވަމެވެ. އަދި ދަންނަވަމެވެ. ރުއްގަހަށް ބަދަލުދެވޭނީ ޤާނޫން ނަންބަރު 98/21 ގައިވާ ގޮތަށް މި އިދާރާގެ ރުއްގަހުގެ ރަޖިސްޓްރީ ކުރެވިފައިވާ ނުވަތަ މިލްކުވެރިކަން ސާބިތުކުރެވިފައިވާ ލިޔުން ހުށައެޅިފައިވާ ފަރާތްތަކަށެވެ.

18 ނޮވެންބަރު 2026