ދިވެހިރާއްޖެ
އިޢުލާން
މާފަރު ކައުންސިލުން އިންތިޒާމްކޮށް، 01 ޑިސެންބަރު 2026 ގައި ބޭއްވުމަށް ނިންމާފައިވާ "ކައުންސިލް ސްޕޯރޓްސް ފިއެސްޓަރ 2026" ގެ މެޗުތައް ކުރިޔަށް ދާ ވަގުތުތަކުގައި އެ ސަރަހައްދުގައި ކެންޓީން ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ސިޓީ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މުބާރާތް ކުރިޔަށް ދާނީ 01 ޑިސެންބަރުން 2026 އިން ފެށިގެން، މާފަރު ފުޓްބޯޅަ ދަނޑުގައެވެ.
ގާޑިޔާ ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ:
|
އަދަދު |
ބާވަތް |
ތަން |
ތަނުގެ ބޮޑުމިން |
އެންމެ ކުޑަ އަގު |
|
3 |
ކެންޓީން/ގާޑިޔާ |
ފުޓްބޯޅަ ދަނޑު |
10x10 ފީޓް |
1500 ރުފިޔާ |
ކެންޓީނުގައި ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ތަނުގެ ސާފުތާހިރުކަން ބެލެހެއްޓުމާއި އަދި އުފެދޭ ކުނި މެނޭޖް ކުރުމަކީ ކުއްޔަށް ހިފާ ފަރާތުގެ ޒިންމާއެކެވެ.
ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ އަދަދަށްވުރެ އިތުރަށް ބީލަން ސިޓީ ހުށަހަޅާފައިވާނަމަ ކުއްޔަށް ދޫކުރެވޭނީ އެންމެ މަތީ އަގު ހުށަހަޅާ ފަރާތްތަކަށެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި މާފަރު ކައުންސިލްގެ ކައުންޓަރ ނަންބަރު 6560005 އަށް ގުޅުއްވުމަށް ދަންނަވަމެވެ. ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމަތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
ބީލަން ނުވަތަ ސިޓީ ކަރުދާހުގެ އަސްލު ހުށަހަޅުއްވަންވާނީ ސިޓީއުރައިގައި ބަންދު ކުރުމަށްފަހު ސިޓީ އުރައިގެ ބޭރުގައި "ކެންޓީން ހިންގުމަށް" މިހެން ލިޔުއްވާ އިޢުލާން ނަންބަރު ޖެހުމަށް ފަހުގައެވެ.
ވީމާ، "ކައުންސިލް ސްޕޯރޓްސް ފިއެސްޓަރ 2026" ކުރިޔަށްދާ މުއްދަތުގައި އެސަރަހައްދުގައި ކެންޓީން ހިންގުމަށް، ޝައުގުވެރިވާ ފަރާތްތަކުން މި އިއުލާނާއެކު ދީފައިވާ މައުލޫމާތު ކަރުދާހުގައިވާ ގޮތަށް، އެކަމަށް އެދި ހުށަހަޅާ ސިޓީ 24 ނޮވެންބަރު 2026 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި ކައުންސިލް އިދާރާގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.