ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)PSM-SCAD/PSM/2026/253
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 16:24
ސުންގަޑި: 01 ޑިސެންބަރު 2026 14:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޕަބްލިކް ސަރވިސް މީޑިއާގެ ޗެނަލްތަކުން 2027 ވަނަ އަހަރު އިޝްތިހާރު ކުރެއްވުމަށާއި ޕްރޮގްރާމްތައް ސްޕޮންސަރ ކުރެއްވުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުން

އިޢުލާން ނަންބަރު

(IUL)PSM-SCAD/PSM/2026/253

 

ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ގެ ޗެނަލްތަކުން 2027 ވަނަ އަހަރު އިޝްތިހާރު ކުރެއްވުމަށާއި ޕްރޮގްރާމްތައް ސްޕޮންސަރ ކުރެއްވުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައި، އެކަމާ ގުޅޭ މަޢުލޫމާތު 23 ނޮވެންބަރު 2026 ވާ ހޯމަ ދުވަހުން ފެށިގެން ޕީ.އެސް.އެމް ގެ ވެބްސައިޓް މެދުވެރިކޮށް ޢާންމުކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މިގޮތުން، ޚަބަރާއި ޕްރޮގްރާމްތަކުގެ އިތުރުން ޢާންމު އިޝްތިހާރު ސްލޮޓްތަކުގެ ތަފްޞީލު، ޕަބްލިކް ސަރވިސް މީޑިއާގެ ވެބްސައިޓް (https://www.psm.mv/advertise) އިން ބައްލަވާލެއްވޭނެއެވެ. އަދި ބިޑް ކުރުމުގެ އުޞޫލާއި އެޕްލިކޭޝަން ފޯމު، ވެބްސައިޓުގެ "ޑައުންލޯޑްސް" ބައިންނާއި، ސްޕޮންސަރ ކުރެއްވުމަށް ބޭނުންފުޅުވާ ޕްރޮގްރާމެއްގެ ވިންޑޯއިން ވެސް ލިބިވަޑައިގަންނަވާނެއެވެ.

މިކަމާ ގުޅިގެން ބާއްވާ ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ 01 ޑިސެންބަރު 2026 ވާ އަންގާރަ ދުވަހުގެ 14:00 ގައި ޕީ.އެސް.އެމް ގެ ޓީވީ ބިލްޑިންގ ސްޓޫޑިއޯ 3 ގައެވެ .ބީލަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ޕީ.އެސް.އެމް އަށް ހާޒިރުވެ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް އެކަންޏެވެ.

ވީމާ، ޚަބަރާއި ޕްރޮގްރާމްތައް އަދި ޢާންމު އިޝްތިހާރު ސްލޮޓްތައް ސްޕޮންސަރ ކުރެއްވުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް، ވެބްސައިޓުގައި ޢާންމުކޮށްފައިވާ ބީލަމާ ގުޅޭ މަޢުލޫމާތު ބައްލަވައި، މި ބީލަމުގައި ބައިވެރިވެވަޑައިގަތުމުގެ ދަޢުވަތު އަރުވަމެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި މި ކުންފުނީގެ ސޭލްސް އެންޑް ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓުގެ ނަންބަރު 3000210 ނުވަތަ 3000258 އާ ގުޅުއްވުން އެދެމެވެ.

18 ނޮވެންބަރު 2026