މަސައްކަތް
ނަންބަރު: (IUL)352/352/2026/74
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 15:35
ސުންގަޑި: 29 ނޮވެންބަރު 2026 13:30
އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
06 މަސްދުވަހުގެ މުއްދަތަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުން

މިއިދާރާގެ ނަމްބަރ: (IUL)352/352/2026/62 (01 އޮކްޓޯބަރ 2026) އިޢުލާން ބާޠިލްކުރުމަށްފަހު، އަލުން، ދަނގެތީ ކައުންސިލްގެ އިދާރާއަށް 06 މަސްދުވަހުގެ މުއްދަތަށް ޤާނޫނީ ލަފާ އަދި ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭނެ ލޯ ފަރމެއް / ލީގަލް ޕްރެކްޓިސް އެއް ހޯދުމަށް ބީލަން ހުޅުވާލަމެވެ.

ބީލަމަށް ކުރިމަތިލެވޭނީ:

  • ދިވެހިރާއްޖޭގައި ލޯ ފަރމް ނުވަތަ ލީގަލް ޕްރެކްޓިސް ގޮތަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ މުހިންމު ލިޔުންތައް:

  • ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓް
  • ބިޑް ހުށަހަޅާ ފޯމް
  • ލީގަލް ޕްރެކްޓިސް / ލޯ ފަރމް ރަޖިސްޓްރޭޝަން ލިޔުން
  • ވަކީލުންގެ ލައިސަންސް
  • ޓެކްސް ކުލިއަރެންސް ރިޕޯޓް
  • އައިޑީ ކާޑު ކޮޕީ
  • އަދި ބީލަން ކަރުދާހުގައި ބުނެފައިވާ އެހެން ލިޔުންތައް.
  • އަގު ހުށަހަޅާއިރު މަހަކަށް 15 ގަޑިއިރުގެ ޤާނޫނީ ޚިދުމަތް ފޯރުކޮށްދިނުމަށް އަގު ހުށަހަޅަންވާނެއެވެ. 15 ގަޑިއިރުން އިތުރު ޚިދުމަތަށް ކޮންމެ ގަޑިއިރަކަށް ޗާޖުކުރާ ރޭޓް (Hourly Rate) ވެސް ވަކިން ހުށަހަޅަންވާނެއެވެ.

ބީލަން ހުށަހަޅާ ސުންގަޑި އަދި ތަން:

29 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 13:30 ށް ދަނގެތީ ކައުންސިލްގެ އިދާރާއަށްށެވެ.

ބީލަން ކަރުދާހާއި ބިޑް ހުށަހަޅާ ފޯމް ގެޒެޓުން ލިބޭނެއެވެ.

      މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

18 ނޮވެންބަރު 2026