މަސައްކަތް
ނަންބަރު: 679-A/2026/17
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 15:31
ސުންގަޑި: 29 ނޮވެންބަރު 2026 13:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގެ ތަޅުން އުސްކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުން

ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގެ ތަޅުން އުސްކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ބޭނުންވެއެވެ. ވީމާ،

  1. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2026 ނޮވެމްބަރ 18 ން ފެށިގެން 2026 ނޮވެމްބަރ 23 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 14:00 އަށް މި ކޯޓަށް ވަޑައިގެން ނުވަތަ މިކޯޓުގެ  އީމެއިލް:      [email protected] އަށް މެއިލް ކުރައްވައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
  2. މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ނޮވެމްބަރ 29 ވަނަ ދުވަހުގެ 10:00 ގެކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
  3. މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 ނޮވެމްބަރ 23 ވާ ހޯމަ ދުވަހުގެ 13:00 ގައި ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.
  4.  ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2026 ނޮވެމްބަރ 29 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ގދ.ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގދ.ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓް

ގދ.ރަތަފަންދޫ

ފޯން: 6840151 ،6840153

އީ-މެއިލް: [email protected]

ބީލަންފޯމާއި ރަޖިސްޓްރީ ފޯމް، މި އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ. އަދި މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

18 ނޮވެންބަރު 2026