ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419/419/2026/101
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:04
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ގަމުން ޤަވާއިދާއި ޚިލާފަށް ތަކެތި ނެގުން މަނާކުރުމާއި ބެހޭ

           ގދ.ގަމަކީ ގައްދޫގެ ލޭންޑް ޔޫސްޕްލޭންގައި ހިމެނިފައިވާ ރަށަކަށްވީއިރު މިރަށަށް ގެއްލުން ދިނުމާއި، އަދި މިރަށުގެ އުފެއްދުންތެރިކަން ނާޖާއިޒް ގޮތެއްގައި ބޭނުންކުރާކަން ތަކުރާރުވަމުންދާކަމީ ކައުންސިލުން ނުހަނު ހިތާމަކުރާކަމެކެވެ.

             މިހެންކަމުން ގަން ދެމިއޮތުމާއި، ގަމުގެ މުއްސަނދިކަން ޙިމާޔަތް ކުރުމަށްޓަކައި ތިރީގައިވާ ގޮތަށް ހުރިހާ ރައްޔިތުންވެސް ޢަމަލު ކުރެއްވުން އެދެމެވެ.

  • ޤަވާޢިދާއި، ޚިލާފަށް ގައްދޫގައި ދިރިއުޅޭ އެއްވެސް ބިދޭސީއަކު ގަމަށް ގޮސް ގަމުން އެއްވެސް މަންފާއެއް ހޯދުމުގެ މަސައްކަތް ނުކުރުން.
  • ގައްދޫގެ ގެތަކުގައި ޤަވާޢިދާއި، އެއްގޮތަށް ދިރިއުޅޭ ބިދޭސީ ފަރާތްތަކުންވެސް ބެލެނެވެރިއަކު ނެތި އެކަނި ގަމަށްގޮސް އެއްވެސް މަސައްކަތެއް ނުކުރުން.
  • ގައްދޫގައި ދަނޑުވެރިކަންކުރާ ފަރާތްތަކުން ގަމުގައި ދާއިމީ ގޮތެއްގައި ބޭރުމީހުން ބައިތިއްބައިގެން ކުރާ ދަނޑުވެރިކަމުގެ މަސައްކަތް މީގެތެރޭގައި ނުހިމެނެއެވެ.

(މިފަދަ ބިދޭސީ ފަރާތްތައް މެދުވެރިކޮށްވެސް އެމަސައްކަތް ނޫން އެހެން މަސައްކަތެއް ނުކުރުން.)

  • ވެލާބިސް ނެގުމާއި، ވެލާ ފެޅުމަކީ ރާއްޖޭގެ ޤާނޫނުން މަނާ ކަމަކަށްވާތީ ގައްދޫގެ ލޮބުވެތި އެއްވެސް ރައްޔިތަކު މިފަދަ ޤަވާޢިދާއި، ޚިލާފް ކަމެއް ނުކުރުން.
  • ގަމުން ރުކު އެޅުމުގައި ރުއްތަކަށް ގެއްލުންވާ ގޮތަކަށް އެކަން ނުކުރުން.
  • ކަށިވެލި، ދޮންވެލި، އަކިރި ނެގުމަކީ މަނާކަމަކަށްވާތީ ގައްދޫގެ ލޮބުވެތި އެއްވެސް ރައްޔިތަކު މިކަން ނުކުރުން.

 

ގަމުގައި ދަނޑުވެރިކަން ކުރުމުގެ ފުރުސަތު ގައްދޫގެ ހުރިހާ ރައްޔިތުންނަށްވެސް ހުޅުވާލެވިފައި އޮންނާނެއެވެ. ނަމަވެސް ދަނޑުވެރިކަން ކުރާނަމަ އެކަމުގެ މަޢުލޫމާތު ކައުންސިލާއި، ޙިއްސާކޮށްގެން ކުރިއަށް ގެންދިއުމަކީ ދަނޑުވެރިން ބޭނުންވާ ލިޔުންތައް ދިނުމުގައި ފަސޭހަތަކަކަށްވާނެ ކަމެކެވެ.  

ގަމުގައި ނާސަރީ ހަދައިގެންނާއި، ގަސް ހައްދައިގެން ވިޔަފާރީގެ އުސޫލުން ގަސް ވިއްކުން އެންމެ ރަނގަޅެވެ. ގަމުގައި ހެދިފައިވާ ބޮޑެތި ގަސްތައް އުފުރައިގެން އެގަސްތައް އެއްވެސް ގޮތަކަށް ގަމުން ބޭރުކުރުމަކީ މަނާކަމެކެވެ. ނާސަރީ ހަދައިގެން ގަސް ހައްދާ ވިޔަފާރީގެ އުސޫލުން މަސައްކަތްކުރާ ފަރާތްތަކުން މިކަން ކައުންސިލަށް ލިޔުމަކުން އެންގެވުން އެދެމެވެ.

ކައުންސިލުން ޔަޤީންކުރަނީ ލޮބުވެތި ހުރިހާ ރައްޔިތުންވެސް މިކަންކަމަށް ފުރިހަމައަށް  ކައުންސިލަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. މިކަންކަމުގައި އިތުރު މަޢުލޫމާތުތައް ސާފްކުރައްވަން ބޭންފުޅުވާނަމަ 7997721 ނަމްބަރާއި، ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.   

           މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ނޮވެންބަރު 2026