ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)392-ADM/392/2026/80
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި:
29 ނޮވެންބަރު 2026 00:00
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދުވަސްވެ ހަލާކުވެފައިވާ މުސްޙަފްތައް ކައުންސިލުން ބަލައިގަތުމާއިގުޅޭ.
ވޭމަންޑޫގެ ގޭބިސީތަކާއި، މުއައްސަސާތަކުގައި ގިނަދުވަސްވެ، ބައުވެ، ހަލާކުވެފައިވާ، މުސްޙަފުތަކާއި، ޤުރުއާނުގެ އާޔަތްތައް ލިޔެފައިވާ އެފަދަ ލިޔުންތައް ކައުންސިލަށް ބަލައިގަތުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މި ޕްރޮގުރާމްގެ ދަށުން އެފަދަ މުސްޙަފުތަކާއި ލިޔުންތައް ކައުންސިލާއި ޙަވާލްކުރަން ބޭނުންވާ ފަރާތްތަކުން، މުސްޙަފުތަކާއި، ލިޔުންތައް 30 ނޮވެމްބަރު 2026 ވާ ހޯމަދުވަހު ކުރިން ވޭމަންޑޫ ކައުންސިލްގެ އިދާރާއާއި ޙަވާލްކޮށް ދެއްވުންއެދި ޢާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ.
18 ނޮވެންބަރު 2026