ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)392-ADM/392/2026/79
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 26 ނޮވެންބަރު 2026 14:00
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިސްރަށްވެހިންގެ މައިޒާން ހެދުމަށް ބޭނުންވާ ބިމުގައިހުރި ރުއްގަހާގުޅޭ.

        ވޭމަންޑޫގައި އިސްރަށްވެހިންގެ މައިޒާނެއް ތަރައްޤީ ކުރުމުގެ ގޮތުން ރަށުގެ އުތުރުފަރާތު (ނަރުގިސްމަގާއި އިންވެގެން އިރުން، ދޭލިޔާމަގުގެ ހުޅަނގުން ހަވީރީހިނގުމާއި އިންވެގެން އުތުރުން، ހީނާމާގޭ ގޯތީގެ އުތުރުން) އޮތް ބިމައަރާ ރުއްގަސްތައް ނަގައި ސާފުކުރުމަށް ބޭނުންވާތީ، ބިމަށްއަރާ ރުއްގަހުގައި ނަންބަރު ޖަހާފައިވާނެއެވެ.

        ވީމާ، ޤާނޫނު ނަމްބަރު 1998/21 ( މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫން ) އާއި އެއްގޮތައް ހުއްދަލިބިގެން އިންދާ ހައްދާފައިވާ ރުއްގަހުގެ ބަދަލުގެ މައްސަލަ ހަމަޖެއްސުމަށްޓަކައި އެރުއްގަހުގެ ވެރިން، 26 ނޮވެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ވޭމަންޑޫ ކައުންސިލަށް ވަޑައިގެން ރުއްގަހުގައި ޖަހާފައިވާ ނަންބަރު ވޭމަންޑޫ ކައުންސިލަށް އަންގަވައި ދެއްވުން އެދެމެވެ. އަދި މިދެންނެވި ރުއްގަހުގެ ތެރެއިން ޤާނޫނާއި، ޤަވާޢިދާއި ޚިލާފަށް އިންދާފައިވާ އެއްވެސް ރުއްގަހަކަށް ބަދަލު ދެވެން ނޯންނާނެކަމުގައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އިންދާފައިހުރި ރުއްގަސް އިންދި ފަރާތްތަކުން ރުއްގަސްތައް، 29 ނޮވެމްބަރު 2026 ވާ އާދީއްތަ ދުވަހުގެ ކުރިން ނެންގެވުން އެދެމެވެ. އިޢުލާންގެ މުއްދަތު ހަމަވާއިރު ވެރިފަރާތް ނާންގައިހުރި ރުއްގަހާއި، ޤާނޫނާއި ޚިލާފަށް އިންދާފައިހުރި ރުއްގަހާއި ތަކެތި މިކައުންސިލުން ނަގައި ނައްތާލެވޭނެ ކަމުގައި ދަންނަވަމެވެ.

18 ނޮވެންބަރު 2026