މަސައްކަތް
ނަންބަރު: (IUL)GS86/2026/26
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:14
ސުންގަޑި: 26 ނޮވެންބަރު 2026 23:59
ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ސްކޫލް
ދިވެހިރާއްޖެ
ތުރާކުނު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން 2027

2027 ވަނަ އަހަރު ތުރާކުނު ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:

 

1         01 ޖެނުއަރީ 2027 އިން 31 ޑިސެމްބަރ 2027 ގެ ނިޔަލަށް މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)GS86/2026/22 (01 ނޮވެންބަރު 2026) އިޢުލާނާ (1 ވަނަ އިޢުލާން) ގުޅިގެން ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީ، އެ އިޢުލާނު ބާޠިލްކޮށް، މިސްކޫލުގެ ސެކިޔުރިޓީ 01 ޖެނުއަރީ 2027 އިން ފެށިގެން 31 ޑިސެމްބަރ 2027 ގެ ނިޔަލަށް، ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް އިޢުލާންކުރަމެވެ. ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

2         މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3         މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2026ނޮވެންބަރު 18 ން 2026 ނޮވެންބަރު 26 ވަނަ ދުވަހުގެ  ނިޔަލަށް  ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/bcRpGBf921HqvKB47

4         ބީލަމުގައި ރަޖިސްޓްރީކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ސިސްޓަމަށް ދިމާވާ މައްސަލައަކާ ގުޅިގެން ރަޖިސްޓްރީ ނުކުރެވޭނަމަ، ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވުމުގެ ކުރިން މި އިޢުލާންގެ 10 ވަނަ ނަމްބަރުގައިވާ އީމެއިލް އެޑްރެހަށް އެކަން ބަޔާންކޮށް ހުށަހެޅުމުން އެފަރާތެއް ރަޖިސްޓްރީކޮށްދެވޭނެއެވެ.

5         މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ނޮވެންބަރު 26 ވަނަ ދުވަހުގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

6         ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2026 ނޮވެންބަރު 29 ވަނަ ދުވަހުގެ 11:00 ގައި މިސްކޫލުގައެވެ.

7         މިޕްރޮކިއުމެންޓާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

8          އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

9         ތުރާކުނު ސްކޫލް

10     ހއ. ތުރާކުނު، ދިވެހިރާއްޖެ

11     ފޯން: 6500547

12     އީ-މެއިލް: [email protected]

18 ނޮވެންބަރު 2026