ދިވެހިރާއްޖެ
އިޢުލާން
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މަސްރޭހާއި ގުޅޭ
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މަސްރޭހެއް ބޭއްވުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މި މަސްރޭސް އޮންނާނީ 2026 ޑިސެމްބަރ 12 އާއި 2026 ޑިސެމްބަރ 26 އާއި ދެމެދުގެ ތާރީޚެއްގައި މޫސުމަށް ބެލުމަށްފަހުގައެވެ.
މިރޭހުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2026 ޑިސެމްބަރ 9 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ އޮންލައިން ފޯމު (https://www.forms.mv/vmzQh)، ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިމުބާރާތުގެ ޢުސޫލު "މަސްބޭނުމުގެ މުބާރާތާއި ބެހޭ އުޞޫލު –3/2025/299" މި އިޢުލާނާއިއެކު ޢާންމުކުރެވިފައިވާނެއެވެ.
އަދި މިމުބާރާތް ސްޕޮންސަރ ކުރެއްވުމަށާއި، އެކިވަނަތަކަށް އިނާމް ހުށަހެޅުއްވުމުގެ ފުރުޞަތު މަސްރޭސް ބާއްވާ ތާރީޚުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމުގައިވެސް ދެންނެވީމެވެ.
މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
08 ޖުމާދަލްއާޚިރާ 1448
18 ނޮވެމްބަރ 2026