މަސައްކަތް
ނަންބަރު: 554-A/2026/18
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 17:23
ސުންގަޑި: 25 ނޮވެންބަރު 2026 13:30
މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މިކޯޓަށް ޖާގަ އިތުރުކުރުމަށްޓަކައި މިހާރު ބޭނުންކުރަމުންދާ ކޯޓު ޢިމާރާތަށް ބައެއް އިތުރުކުރުމާއި ޢިމާރާތުގައި ކުރަންހުރި ބައެއް މަރާމާތު އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މިކޯޓަށް ޖާގަ އިތުރުކުރުމަށްޓަކައި މިހާރު ބޭނުންކުރަމުންދާ ކޯޓު ޢިމާރާތަށް ބައެއް އިތުރުކުރުމާއި ޢިމާރާތުގައި ކުރަންހުރި ބައެއް މަރާމާތު އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1. މިކޯޓުގެ ތިރީގައިވާ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1.2 – ފައިލިންގ ރޫމް ހެދުން

1.3 – ޕޭންޓްރީ ރޫމް  ހެދުން

1.4 – 02 ޕާޚާނާ (ފުލް ކޮންޕްލީޓް) ހެދުން

1.5 – މީޓިންގް ރޫމް ހެދުން

1.6 – ސްޓޯ ރޫމް  ހެދުން

1.7  – އެޑްމިންބަޔަށް އިތުރުކުރެވޭބައި

1.8  – ކޯޓު ޢިމާރާތުގެ ގޯތި ތެރޭގައި ގައު އެތެރުން

 

2. މި މަސައްކަތް ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

2.1- ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން 2.2 ގައި ބަޔާންކުރާ ފަރާތްތަކަށެވެ.

  I. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.

  II. ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

 III. ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

IV.  އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

2.2- 1.2 ގައި ބަޔާން ކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް.

3. މިމަސައްކަތާ ގުޅޭ ތަފްޞީލް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 ނޮވެމްބަރު 25 ވާ ބުދަ ދުވަހުގެ 13:30 ގައި މިކޯޓު (ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓު) ގައެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.

4. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ  2026 ޑިސެމްބަރު 03 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މިކޯޓު (ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓު) ގައެވެ.

5. މި މަސައްކަތާ ގުޅޭ ބިޑު ފޮތުގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ނަމޫނާތައް ހިމެނިފައިވާނެއެވެ.

6. މި މަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ މި ކޯޓުގެ މެއިލް އެޑްރެސް [email protected]  އަށް 2026 ނޮވެމްބަރު 24 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މެއިލް ކުރުން ނުވަތަ މިކޯޓްގެ ނަންބަރު 6560097 / 6560631  ފޯނަށް ގުޅުއްވުން އެދެމެވެ.

      ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

07 ޖުމާދަލްއާޚިރާ 1448

 

17 ނޮވެންބަރު 2026