ދިވެހިރާއްޖެ
އޭވިއޭޝަން ދާއިރާގެ ބައެއް ޚިދުމަތްތައް 22 ނޮވެމްބަރު 2026 ވާ އާދިއްތަ ދުވަހު ޓްރޭޑިއަން ޕްލެޓްފޯމްގައި ލައިވްކުރުމާ ގުޅޭ
ދިވެހިރާއްޖޭގެ ބޯޑަރުގައި ފޯރުކޮށްދެވޭ އިމްޕޯޓް އަދި އެކްސްޕޯޓާއި ގުޅުންހުރި ޚިދުމަތްތައް ހަލުވިކުރުމަށް ޤާއިމުކުރެވިފައިވާ ނޭޝަނަލް ސިންގަލް ވިންޑޯ ޕްލެޓްފޯމް، ޓްރޭޑިއަން އަށް އޭވިއޭޝަންއާއި ގުޅުންހުރި ބައެއް ޚިދުމަތްތައް 22 ނޮވެމްބަރު 2026 ވާ އާދިއްތަ ދުވަހު ލައިވްކުރެވި، ޕްލެޓްފޯމް މެދުވެރިކޮށް ޚިދުމަތަށް ހުޅުވާލެވޭނެ ވާހަކަ އާއްމުކޮށް އަންގާ އިޢުލާނުކުރަމެވެ. ރާއްޖޭގެ އިޤްތިސާދުގެ މުހިންމު އެއް ދާއިރާ ކަމުގައިވާ އޭވިއޭޝަންއަށް ޓްރޭޑިއަންގެ ތެރެއިން ޚިދްމަތް ދެވެން ފެށުމަކީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ތަސައްވުރު މޯލްޑިވްސް 2.0 ގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ޚިދުމަތްތައް ލައިވްވާ ތާރީޚުން ފެށިގެން ކަނޑައެޅޭ ވަކި މުއްދަތަކާ ހަމައަށް ޓްރޭޑިއަން މެދުވެރިކޮށް އަދި މިހާރުވެސް ޚިދުމަތްތަކަށް އެދެމުންދާ ގޮތްތަކުގެ މަތިން، އެއާލައިންތަކާއި އޭވިއޭޝަން ދާއިރާގައި ޚަރަކާތްތެރިވާ ފަރާތްތަކަށް، ޚިދުމަތަށް އެދުމުގެ ފުރުސަތު އޮންނާނެއެވެ. މިގޮތަށް ކަނޑައެޅޭ ޕެރަލަލް ސަބްމިޝަންގެ މުއްދަތުގެ ތެރޭގައި އޭވިއޭޝަން ދާއިރާގެ ޚިދުމަތްތަކަށް އެދޭ ފަރާތްތަކަށް ޓްރޭޑިއަން ޕްލެޓްފޯމަށް އަހުލުވެރިވެ، އިތުބާރާއެކު ޕްލެޓްފޯމް މެދުވެރިކޮށް ޚިދުމަތަށް އެދުމަށް ތައްޔާރުވުމަށް ފުރުޞަތު ލިބިގެންދާނެއެވެ.
ޓްރޭޑިއަން މެދުވެރިކޮށް 22 ނޮވެމްބަރ 2026 އިން ލިބެން ހުންނާނެ އޭވިއޭޝަން ދާއިރާގެ ޚިދުމަތްތައް ތިރީގައި އެވަނީއެވެ.
- ޝެޑިއުލްޑް ފްލައިޓްތަކުގެ ހުއްދަ
ހ. އެއަރކްރާފްޓް އޮޕަރޭޓަރ ސެކިއުރިޓީ ޕްރޮގްރާމް (އޭ.އޯ.އެސް.ޕީ)
- އެޑްހޮކް ޗާޓަރ ފްލައިޓްތަކުގެ ހުއްދަ
- ފްލައިޓް ޝެޑިއުލް ހުށަހެޅުން
- އެއާލައިން އޭޖެންޓުން ކަނޑައެޅުން
- ޝެޑިއުލްޑް ފްލައިޓްތަކުގެ ލައިސަންސް އައުކުރުން
- ޝެޑިއުލްޑް ފްލައިޓްތަކުގެ ލައިސަންސް ބާޠިލުކުރުން
- ފްލީޓް އަޕްޑޭޓްކުރުން
- ފްލައިޓް ޝެޑިއުލް އަޕްޑޭޓްކުރުން
ޕެރަލަލް ސަބްމިޝަން ދެނެގަތުން
ޕެރަލަލް ސަބްމިޝަންއަކީ ޓްރޭޑިއަން ޕްލެޓްފޯމްގައި އަލަށް ތަޢާރަފުކުރެވޭ ޚިދުމަތްތައް ލައިވްވުމަށްފަހު ވަކި މުއްދަތަކަށް ޚިދުމަތަށް އެދޭ ފަރާތްތަކުން ޓްރޭޑިއަން ޕްލެޓްފޯމް މެދުވެރިކޮށް ނުވަތަ މިހާރުވެސް ޚިދުމަތަށްއެދި ހުށަހަޅަމުންދާ އުސޫލުން އެޕްލިކޭޝަންތައް ހުށަހެޅުމަށް ދެވޭ ފުރުސަތެކެވެ. ޕެރެލަލް ސަބްމިޝަންގެ މުއްދަތުގައި، މިހާރުވެސް ސަރުކާރު އިދާރާތަކުން ބޭނުންކުރަމުންދާ އުޞޫލްތަކާއި އެއްގޮތަށް އަދި އެއާއިއެކު ޓްރޭޑިއަން ޕްލެޓްފޯމް މެދުވެރިކޮށްވެސް ޚިދުމަތަށް އެދުމުގެ އިޙްތިޔާރު ލިބިގެންދާނެއެވެ.
ޕެރެލަލް ސަބްމިޝަންގެ މުއްދަތެއް ކަނޑައެޅުމުގެ މަޤުސަދަކީ ޚިދުމަތަށް އެދޭ ފަރާތްތަކަށް، ޓްރޭޑިއަން ޕްލެޓްފޯމްއަށް އަހުލުވެރިކުރުމާއި، ޕްލެޓްފޯމް މެދުވެރިކޮށް އިތުބާރާއެކު ޚިދުމަތްތަކަށް އެދުމަށް ތައްޔާރުވުމާއި، އަދި ޕްލެޓްފޯމް އަލަށް ބޭނުންކުރާ ފަރާތްތަކުގެ އޮންބޯޑިންގ މަރުޙަލާ ފުރިހަމަކުރުމަށް އެކަށީގެންވާ ވަގުތު ދިނުމާއެކު، ޚިދުމަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާކަން ކަށަވަރުކުރުމެވެ.
މަތީގައި ބަޔާންކުރެވިފައިވާ ޚިދުމަތްތައް ހަމައެކަނި ޓްރޭޑިއަން ޕްލެޓްފޯމްގެ ތެރެއިން އެދެވޭ ގޮތަށް ރަސްމީކޮށް ބަދަލުކުރާ ތާރީޚު އިޢުލާނުކުރުމާ ހަމައަށް ޕެރަލަލް ސަބްމިޝަން ކުރިއަށްދާނެ ވާހަކަ ދަންނަވަމެވެ. މިގޮތުން ކަނޑައެޅޭ ތާރީޚް މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީ މެދުވެރިކޮށް އިޢުލާނުކުރެވިގެންދާނެއެވެ. މި ތާރީޚަށް ފަހު، ޚިދްމަތަށް އެދެވޭނީ ހަމައެކަނި ޓްރޭޑިއަން ޕްލެޓްފޯމްއިން ކަމުގައި ދަންނަވަމެވެ.
އެއާލައިންތަކާއި އޭވިއޭޝަން ދާއިރާގައި ޚަރަކާތްތެރިވާ ފަރާތްތަކުން އަމަލުކުރުމަށް އެދޭ ގޮތް
އޭވިއޭޝަން ދާއިރާގައި ޚަރަކާތްތެރިވާ ފަރާތްތަކުން މަތީގައި ދެންނެވުނު ޚިދުމަތްތައް ރަސްމީކޮށް ހަމައެކަނި ޓްރޭޑިއަން ޕްލެޓްފޯމް މެދުވެރިކޮށް އެދި ހުށަހެޅުމަށް ކަނޑައަޅާ ސުންގަނޑި ނުވަތަ ކަޓް-އޮފް ތާރީޚުގެ ކުރިން ޓްރޭޑިއަން ޕްލެޓްފޯމުގައި ރަޖިސްޓްރީވެ، އެ ފަރާތްތަކުގެ ނަންމަތީގައި ޚިދްމަތް ހޯދުމަށް ހުއްދަދެވިފައިވާ މުވައްޒަފުން އޮންބޯޑު ކުރުމަށް އިލްތިމާސްކުރަމެވެ.
ޕްލެޓްފޯމާއި ގުޅުންހުރި ޓެކްނިކަލް އެހީތެރިކަން، ޔޫސަރ ގައިޑަންސް ނުވަތަ އޮންބޯޑިންގއާ ގުޅޭ މަޢުލޫމާތު ހޯއްދެވުމަށް:
ސަޕޯޓް ހޮޓްލައިން: 3334001
އީމެއިލް: [email protected]
މި އިޢުލާނަކީ ތިރީގައިވާ އިދާރާތައް ގުޅިގެން ނެރެފައިވާ އިޢުލާނެކެވެ.
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް،ޓްރާންސްޕޯޓް އެންޑް ޓްރޭޑް
- މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ
- މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
- މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސަރވިސް
- މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް