ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)-GS182/2026/04
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:56
ސުންގަޑި: 23 ނޮވެންބަރު 2026 13:00
ކޮޅުމަޑުލު ގާދިއްފުށީ ސްކޫލް
ދިވެހިރާއްޖެ
2027 ވަނަ އަހަރު ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުން

01 ޖަނަވަރީ 2027 އިން 31 ޑިސެމްބަރ 2027 ގެ ނިޔަލަށް މި ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

        މި ބީލަން ހުޅުވާލެވިފައިވަނީ ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރ: 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/19 ) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

        މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ، 17 ނޮވެމްބަރ 2026 އިން 23 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރެއްވުމަށް " ބިޑް ރަޖިސްޓްރީ ފޯމް " ފުރިހަމަ ކުރުމަށްފަހު [email protected]  މެއިލް އަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.

        މި ބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 8:00 އިން 12:00 އަށް 9965326 ނަމްބަރު ފޯނާއެވެ. އީމެއިލް ކުރައްވާނަމަ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

       އަންދާސީ ހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ 25 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 13:00 ގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި ގާދިއްފުށީ ސްކޫލްގައެވެ. ކަނޑައެޅިފައިވާ ތާރީހުގެ ކުރިން ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި ، ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

      މި ޕްރޮޖެކްޓާއި ގުޅޭ ބިޑް ރަޖިސްޓްރީ ފޯމް ، މަޢުލޫމާތު ކަރުދާސް އަދި ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

      މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

17 ނޮވެންބަރު 2026