ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)113-HRD/1/2026/135
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 23 ނޮވެންބަރު 2026 15:30
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އެސިސްޓެންޓް ކްލިއަރެންސް އެސޯސިއޭޓް

މަޤާމް

07

ބޭނުންވާ ޢަދަދު

މަހަކު 5,200 ރުފިޔާ

އަސާސީ މުސާރަ

- މަންތްލީ ފިކްސްޑް އެލަވަންސް -/4650 ރުފިޔާ (ފިކްސްޑް)

- ރިސްކް އެލަވަންސް -/50 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

- ކްލިއަރެންސް އެލަވަންސް (ކެޓަގަރީ 1)

- މުވައްޒަފުންނަށް ކުންފުނިން ފަހިކޮށްދޭ މެޑިކަލް ހެލްތް އިންޝުއަރެންސް.

- ވަޒީފާއާއިބެހޭ ޤާނޫނުގެ ދަށުން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

- ސެޓްފިކެޓް ލެވަލް 7 އަދި 8 އަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އެޑިއުކޭޝަނަލް އެލަވަންސް.

އިތުރު އިނާޔަތްތައް

- ޖީ.ސީ.އީ އޯ ލެވެލް 3 މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން

ޝަރުތު

- ކާރގޯ ކްލިއަރެންސް ޑިޕާޓްމަންޓްގެ ސްޓޭންޑަރޑް އޮޕަރޭޝަނަލް ޕްރޮސީޖާ (އެސް.އޯ.ޕީ) ގައި ވާގޮތުގެ މަތިން މުދާ ކްލިއަރ ކުރުމަށް އެސައިންކުރެވޭ ބީ.އެލް ތަކަށް މުދާ ދޫކުރުން.

- އެލް.ސީ.އެލް ކޮންޓެއިނަރގެ މުދާ ދޫކުރުމަށްފަހު ކޮންޓެއިނަރ ތަޅުލުން އަދި ހުސްވާ ކޮންޓެއިނަރއެއް ނަމަ ބަނދަރު ސޮފްޓްވެއަރއިން ކޮންޓެއިނަރ އެމެޕްޓީ ސްޓޭޓަސް   އަޕްޑޭޓްވިތޯ ޔަގީންކުރުން.

- ކާގޯ ކްލިއަރެންސް ޑިޕާޓްމަންޓްގެ ސްޓޭންޑަރޑް އޮޕަރޭޝަނަލް ޕްރޮސީޖާ (އެސް.އޯ.ޕީ) ގައި ވާގޮތުގެ މަތިން މުދާ ދޫކުރުމުގެ ތެރެއިން ނަގަންޖެހޭ ޕޭމަންޓްތައް ނެގުމަށް ރިކުއެސްޓް ކުރުމާއި، މުދަލަށް ނަގަންޖެހޭ އެންމެހައި ފައިސާ ލިބިފައިވޭތޯ ޗެކްކުރުން.

- ހައި ރިސްކް މުދަލެއް ދޫކުރާ ނަމަ މަސައްކަތް ފެށުމުގެ ކުރިން ސޭފްޓީ އޮފިސަރ މެދުވެރިކޮށް އެމުދަލެއްގެ ސޭފްޓީގެ އެންމެހާ ކަންކަން ޗެކްކުރުން އަދި އެފަދަ މަސައްކަތް ނިމެންދެން، މަސައްކަތް ކުރިޔަށްފާ ގޮތް ސަރަހައްދާސް ނުކުމެ ފިޒިކަލީ ބަލާ ޗެކްކޮށް މޮނީޓަރ ކުރުން އަދި މުދާ ދޫކުރުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ގެ ސެކިއުރިޓީ އަދި ސޭފްޓީ ގައިޑްލައިނުތަކާއި އެއްގޮތަށް އަމަލު ކުރުން.

- މުދާ ދޫކުރުމުގައި އެހެން ކޮންސައިނީގެ މުދަލަށް ގެއްލުން ނުވާނެހެން، މުދާ ކޮންޓެއިނަރއިން ނެރެ، ވެއްދުމުގައި މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުން.

- މުދާ ކަނޑާ ޗެކް ކުރުމުގައި އުފެދޭ ކުނިބުނި (ހުސް ޕެލެޓް، ބަންދު) ފަދަ ތަކެތި ގެންދިއުމަށް މުދާ ބަލައި އަންނަ ފަރާތްތަކަށް އަންގައި އެކަން ކުރުވަން އަދި މުދާ ދޫކޮށް ނިމުމުން ކޮންޓެއިނަރުގެ ދޮރު ލެއްޕިތޯ ޔަގީން ކުރުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު

- ދަންފަޅި އުސޫލުން (ދުވާލަކު 08 ގަޑިއިރު)

މަސައްކަތްކުރަންޖެހޭ ވަގުތު

- ކާރގޯ ކްލިއަރެންސް

މަސައްކަތް ކުރަންޖެހޭ ތަން

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

- (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

- ލައިސަންސްގެ ކޮޕީ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި

2026 ނޮވެންބަރު 23 ވާ ހޯމަ ދުވަހުގެ 15:30ގެ ކުރިން.

ސުންގަޑި

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2026 ނޮވެންބަރު 24 އާއި 4 ޑިސެންބަރު އާއި ދެމެދުގައެވެ.

އިންޓަރވިއު މުއްދަތު

މި މަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތައް އެމް.ޕީ.އެލްގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް ނޮވެންބަރު 23 ވަނަ ދުވަހުގެ 15:30ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

ހުށަހަޅަންޖެހޭ އޮފީސް

https://jobs.port.mv/

ޖޮބް ޕޯޓަލް ލިންކް

17 ނޮވެންބަރު 2026