ދިވެހިރާއްޖެ
މި ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނިކޮށް، ރަށު ތެރޭގައި ފެތުރެމުންދިޔަ ރޯގާއަކާ ގުޅިގެން ވަކި ތާރީޚެއް ނެތްގޮތައް މުބާރާތްވަނީ ފަސްކުރެވިފައެވެ. މިހާރު ރަށުގެ ސިއްޙީ ހާލަތު ރަނގަޅުވެފައިވާތީ، މި މުބާރާތް 26 ނޮވެމްބަރ 2026 ގައި ފެށުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން " ހިތްފަހި ހިތާދޫ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް" (ގޫގުލް ފޯމް) 19 ނޮވެމްބަރ 2026 ވާ ބުރާސްފަތިދުވަހުގެ 13:00 ގެ ކުރިން ފުރިހަމަކޮށް ދެއްވުން އެދެމެވެ.
ގޫގުލް ފޯމް ލިންކް: https://forms.gle/ev86rEhFxTsoNW7fA
ކުރިން ފޯމް ހުށަހެޅި ފަރާތްތަކުން އަލުން ފޯމް ހުށަހަޅުއްވަން ނުޖެހޭނެކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.