ދިވެހިރާއްޖެ
މި ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ގދ.ފަރެސްމާތޮޑާގެ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ޝަރުޠުހަމަވާ ފަރާތްތައް:
މި ބީލަމުގައި ބައިވެރިވެވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގައި ރަޖިސްޓަރީ ކުރެވިފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.
2. ބީލަމުގައި ރަޖިސްޓަރީވުމާއި ބީލަން ފޮތް ދޫކުރުން:
- މި ބީލަމުގައި ބައިވެރިވެވޭނީ 2026 ނޮވެމްބަރު 23 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރޭޝަން ފޯމް" ފުރިހަމަކުރައްވައި ހުށަހަޅާ ފަރާތްތަކަށެވެ.
- ބިޑް ރަޖިސްޓްރޭޝަން ފޯމު ހުށަހެޅުމަށްފަހު، ބީލަން ފޮތް ގަތުމަށް ދައްކަންޖެހޭ ފައިސާ ދެއްކުމުން، އެ ފަރާތެއްގެ އީމެއިލަށް ބީލަން ފޮތް ފޮނުވައިދެވޭނެއެވެ.
- ފޯމު ހުށަހަޅައި ރަޖިސްޓަރީ ވި ނަމަވެސް، ބީލަން ފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށާއި، މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ނުވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
- ލިންކު: https://faresmaathodaa.gov.mv/services/form-submissions/create/bid
3. ބީލަން ފޮތުގެ އަގު އަދި ފައިސާ ބަލައިގަތުން:
- އަގު: -/300ރ (ތިންސަތޭކަ ރުފިޔާ) މި ފައިސާއަކީ އަނބުރާ ލިބޭނެ (Non-refundable) ފައިސާއެއް ނޫނެވެ.
- އެކައުންޓްގެ ތަފުޞީލު 7710700481001 (1474 – Revenue-1) ގދ. ފަރެސްމާތޮޑާ ކައުންސިލް
- ފައިސާ ޖަމާކުރުމާއި ސްލިޕް ފޮނުވުން: ފައިސާ ޖަމާކުރައްވާއިރު ޓްރާންސްފަރ ރިމާކްސްގައި "މިސްކިތް މަރާމާތު - ވިޔަފާރީގެ ނަން" ޖެއްސެވުމަށްފަހު، ފައިސާ ދެއްކި ސްލިޕް މި އިދާރާގެ ނަންބަރު 7922021 (ވައިބަރ) އަށް ފޮނުއްވުން އެދެމެވެ.
4.މަޢުލޫމާތު ސާފުކުރުމާއި ޕްރީ-ބިޑް ބައްދަލުވުން:
- ސައިޓް ބެއްލެވުމާއި، މި ބީލަމުގެ ޕްރީ-ބިޑް ބައްދަލުވުން އޮންނާނީ 2026 ނޮވެމްބަރ 24 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ މިސްކިތް ތަކުގައެވެ. (މި ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވާނީ މާތޮޑާ އަވަށު މަސްޖިދުލް ހަސަން އިން)
- ސުވާލު ހުށަހެޅުން: މި ބީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 2026 ނޮވެމްބަރު 25 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާގެ އީމެއިލް [email protected] އަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.
5. ބީލަން ހުށަހެޅުމާއި ހުޅުވުން:
ބީލަން ހުށަހެޅުމާއި ބީލަންތައް ހުޅުވުން އޮންނާނީ 2026 ޑިސެމްބަރު 02 ވާ ބުދަ ދުވަހުގެ 13:00 ގައި ގދ. ފަރެސްމާތޮޑާ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި، ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ (ނުވަތަ އެފަރާތްތަކުން ކަނޑައަޅާ މަންދޫބުންގެ) ޙާޟިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.