ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2026/152
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:47
ސުންގަޑި: 19 ނޮވެންބަރު 2026 12:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިވެލުއޭޝަން ޝީޓް އާއްމުކުރުން

އިޢުލާން

އިވެލުއޭޝަން އާއްމުކުރުން

 މިއިދާރާގެ ނަންބަރު (IUL)335-AS/335/2026/136 (26 އޮކްޓޯބަރ 2026) އިޢުލާނާއި ގުޅިގެން ކައުންސިލް އިދާރާގެ ރަސްމީ ވެބްސައިޓް ސަރވިސް ޕޯޓަލް އާއިއެކު ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ އިވެލުއޭޝަން ޝީޓް މި އިޢުލާނާއެކު އާއްމުކުރީމެވެ. ޝާއިޢު ކުރެވިފައިވާ އިވެލުއޭޝަން ޝީޓް އާއިމެދު ޝަކުވާ އެއް އޮތްނަމަ 19 ނޮވެމްބަރ 2026 ގެ 12:00 ގެ ކުރިން ލިޔުމުން މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން ތިރީގައިވާ އީ.މެއިލްއަށް ހުށަހަޅަންވާނެއެވެ.

 އީ-މެއިލް ކުރާނީ  [email protected] އަށެވެ.

މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރ: 6642024 ފޯނަށެވެ.

16 ނޮވެންބަރު 2026