ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ހުއްދަލިބިގެން، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް، މިކައުންސިލްގެ އިދާރާއިން 01 ޑިސެންބަރު 2026 އިން ފެށިގެން ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. ލައިސަންސަށް އެދި ހުށަހަޅާނީ ސިމްސް ޕޯރޓަލް މެދުވެރިކޮށެވެ. ލައިސަންސްގެ ތިއަރީ ޓެސްޓް ހެދުން އޮންނާނީ ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހުގެ މެންދުރު 12:00 އިން 02:00 އަށެވެ. އަދި ދުއްވުމުގެ ޓެސްޓް އޮންނާނީ ހަމަ އެދުވަހުގެ ހަވީރު 04:00 އިން 06:00 އަށެވެ. ދުއްވުމުގެ ޓެސްޓް އޮންނަދުވަހަށް ބަދަލެއް އަންނަކަމުގައިވާނަމަ ޓެސްޓް ހަދާ ފަރާތްތަކަށް އެންގޭނެއެވެ.
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގައި އަމަލު ކުރެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ އުޞޫލާއި ހދ. މަކުނުދޫ ކައުންސިލްގެ އެއްގަމު ލައިސަންސް ދޫކުރުމުގެ ޚިދުމަތް ދިނުމާއި، އެ ޚިދުމަތަށް ފީ ނެގުމުގެ އުޞޫލާއި އެއްގޮތަށްކަމުގައި ދެންނެވީމެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، މިކައުންސިލްގެ ސީނިއަރ ކައުންސިލް އޮފިސަރ އިބްރާހީމް ޝަރީފް (9197904) އާ ގުޅުއްވުން އެދެމެވެ.
06 ޖުމާދަލްއާޚިރާ 1448