ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-PPC/101/2026/35
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:50
ސުންގަޑި: 21 ޖަނަވަރީ 2027 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
2 ވަނަ ޓިއަންޖިން އިންޓަނޭޝަނަލް އިމްޕޯޓެޑް ފުޑް އެންޑް އެގްރިކަލްޗަރަލް ޕްރޮޑަކްޓްސް އެގްޒިބިޝަން (ސީފާ 2027) (22-24 އެޕްރިލް 2027)

            ޗައިނާގެ ޓިއަންޖިން ގައި 22-24 އެޕްރީލް 2027 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 2 ވަނަ ޓިއަންޖިން އިންޓަނޭޝަނަލް އިމްޕޯޓެޑް ފުޑް އެންޑް އެގްރިކަލްޗަރަލް ޕްރޮޑަކްޓްސް އެގްޒިބިޝަން (ސީފާ 2027) ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ހުޅުވާލެވިފައިވާ ކަމުގެ މަޢުލޫމާތު ވަނީ ޗައިނާގެ ސަރުކާރުން މި މިނިސްޓްރީއާ ހިއްސާކުރައްވާފައެވެ.  މި މަޢުރަޒުގައި ދިވެހިރާއްޖޭގެ ކުންފުނިތަކާއި، ސިނާއީ ފަރާތްތަކުން ބައިވެރިވުމަށް މި މައުރަޒު އިންތިޒާމު ކުރާ ފަރާތުން ވަނީ ދަޢުވަތު އަރުވާފައެވެ. 

            މި މައުރަޒުގެ މަޤްޞަދަކީ ބޭރު ޤައުމުތަކުގެ އުފެއްދުންތެރިންނާއި އެކްސްޕޯޓްކުރާ ފަރާތްތައް، ޗައިނާގެ އިމްޕޯޓަރުންނާއި މުދާ ގަންނަ ފަރާތްތަކާ ގުޅުވައިދީގެން ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ބައިނަލްއަޤްވާމީ ވިޔަފާރި ކުރިއެރުވުމެވެ. މި މައުރަޒުގެ ސަބަބުން އެކި ވިޔަފާރިތަކަށް ޗައިނާގެ މާކެޓަށް ވަނުމަށް މަގުފަހިވެ، ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ފުރުސަތު ފަހިވެ އަދި އެ މާކެޓުގައި ބައިނަލްއަޤްވާމީ އުފެއްދުންތައް އިޝްތިހާރުކޮށް ކުރިއެރުވުން ފުރުސަތު ލިބިގެންދާނެއެވެ.

            މި މައުރަޒުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، އިތުރު މައުލޫމާތު ހޯއްދެވުމަށް ޓިއަންޖިން އިންޓަނޭޝަނަލް އިމްޕޯޓެޑް ފުޑް އެންޑް އެގްރިކަލްޗަރަލް ޕްރޮޑަކްޓްސް އެގްޒިބިޝަން (ސީފާ 2027)ގެ އީމެއިލް އެޑްރެސް ([email protected]) އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށްފަހު، މި މަޢުލޫމާތު [email protected]އަށް އީމެއިލް ކޮށްދެއްވުން އެދި ދެންނެވީމެވެ. މި މައުރަޒާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް މައުރަޒުގެ ރަސްމީ ވެބްސައިޓް ( www.cifaexpo.com) މެދުވެރިކޮށް ލިބޭނެ ވާހަކަ ދަންނަވަމެވެ.

   

 

15 ނޮވެންބަރު 2026