ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-AD/426/2026/381
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 15:36
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2026 މުބާރާތް

އިޢުލާން 

     އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2026 މުބާރާތް

                 ކޮންމެ އަހަރަކު އެއްފަހަރު އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވުމަށް ނިންމާފައިވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2026" މުބާރާތް މިއަހަރުވެސް އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

                  އެގޮތުން " އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2026 " ގެ ނަމުގައި ފުޓްބޯޅަ މުބާރާތް 2026 ޑިސެންބަރު 10 ގައި އައްޑޫ ސްޓޭޑިއަމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ޓީމްތަކުން ރެޖިސްޓަރ ވުމުގެ ފުރުސަތު 2026 ނޮވެންބަރު 17 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމުގައި އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް ރެޖިސްޓަރވާ ޓީމުތަކުން ޓީމް ލިސްޓް ހުށަހެޅުމުގެ ފުރުސަތު 2026 ނޮވެންބަރު 30 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމުގައި އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި މި އިދާރާގެ ސޯޝަލް އެފެއާޒް ޔުނިޓްގެ ވައިބަރ ނަންބަރު 7925003 އަށް ވައިބަރ ކުރެއްވުން އެދެމެވެ.

ރަޖިސްޓަރ ވުމަށް އެދޭ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ފޯމުގެ ލިންކް:

https://afc.adducity.mv

02 ޖުމާދުލްއާޚިރު 1448

12 ނޮވެންބަރު 2026

12 ނޮވެންބަރު 2026