ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)269/269/2025/72
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:36
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވައިކަރަދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 2026 ގެ ކިޔަވާ ތަރުތީބަށް ގެނެވުނު ބަދަލާ ގުޅޭ
"ވައިކަރަދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 2026" ފެށުމުގެ ރަސްމިއްޔާތުގައި ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، 11 ނޮވެންބަރު 2026 ވީ ބުދަ ދުވަހުގެ ރޭ ނުނިމިފައިވާ ބަލައިގެން ކިޔެވުމުގެ ގޮފިން ކީސްޓޭޖް 2ގެ ފެށޭކޮޅުން ކިޔަވާ ކުދިންނާއި ކީ ސްޓޭޖް 5 ގެ ދަރިވަރުންގެ ކިޔެވުން ވަނީ ފަސްކުރެވިފައެވެ. އަދި މި ބަދަލާ ގުޅިގެން ކިޔަވާ ތަރުތީބަށް ގެނެވިފައިވާ ބަދަލުތައް އެނގޭނެ ތާވަލު މި އިޢުލާނާއެކު ޢާންމުކުރީމެވެ.
މި ދިމާވި މައްސަލައިގެ ސަބަބުން ބައިވެރިންނަށާއި ބެލެނިވެރިންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މި އިދާރާގެ ފަރާތުން ނިހާޔަތަށް މަޢާފަށް އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
12 ނޮވެންބަރު 2026