ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)269/269/2025/70
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 21:52
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވައިކަރަދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 2026 އާ ގުޅޭ

"ވައިކަރަދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 2026" ގައި ބައިވެރިވެފައިވާ ފަރާތްތަކާއި އެ ފަރާތްތަކުން ބައިވެރިވެފައިވާ ޢުމުރުފުރާ އަދި ކިޔަވާ ތަރުތީބު އެނގޭނެ ފައިނަލް ލިސްޓާއެކު، 08 ނޮވެންބަރު 2026 ގައި މި އިދާރާއިން ކޮށްފައިވާ ނަންބަރު (IUL)269/269/2026/69 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތާވަލަށް އިތުރު ދަންފަޅިއެއް އިތުރުކުރަން ނިންމުމާ ގުޅިގެން، މުބާރާތުގެ ތާވަލަށް ވަނީ ބަދަލު ގެނެވިފައެވެ. އެހެންކަމުން، މި ބަދަލާ ގުޅިގެން އިޞްލާޙުކުރެވިފައިވާ މުބާރާތުގެ އައު ތާވަލު އަދި ކިޔަވާ ތަރުތީބު އެނގޭނެ ލިސްޓު މި އިޢުލާނާއެކު ޢާންމުކުރީމެވެ.

މި މުބާރާތް ކުރިއަށް ދާނީ ކުރިއެކޭވެސް އެއްގޮތަށް ދަންފަޅިތަކަށް ބަހާލައިގެން 11 ނޮވެންބަރު 2026 އިން 14 ނޮވެންބަރު 2026 ގެ ނިޔަލަށް ސުލެއިމާނިއްޔާ ހޯލުގައެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 ނޮވެންބަރު 2026