މަސައްކަތް
ނަންބަރު: 619-A/2026/19
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 17:12
ސުންގަޑި: 19 ނޮވެންބަރު 2026 11:00
ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ހަރުފަތް މަރާމާތުކުރުން

         މި ކޯޓުން ފޯރުކޮށްދޭ މަޢްލޫމާތާއި އެއްގޮތަށް ވ.ފެލިދޫ މެޖިސްޓްރޭޓްކޯޓަށް ވަންނަން ހުންނަ ހަރުފަތް މަރާމާތު ކުރުމުގެ މަސައްކަތް  އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

          މި މަސައްކަތާބެހޭ މަޢްލޫމާތު ސާފުކޮށްދިނުން 15 ނޮވެމްބަރު 2026 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ވ. ފެލިދޫ މެޖިސްޓްރޭޓްކޯޓުގައި އޮންނާނެއެވެ.

އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު އީމެއިލް ކުރާނީ  15 ނޮވެމްބަރު 2026 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން [email protected]  އަށެވެ.

ބީލަން ހުށަހަޅާނީ 19 ނޮވެމްބަރު 2026 ވާ ބުރާސްފަތި 11:00 އަށް ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމު ހިމެނޭގޮތުން، މި މަސައްކަތުގެ މަޢްލޫމާތުޝީޓާއި ، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފޯމް އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

ބީލަން ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

10 ނޮވެންބަރު 2026