ދިވެހިރާއްޖެ
އިޢުލާން
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ ގޮފިތަކަށް ޕްރިންޓަރ ގަތުން
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އަތޮޅުތެރޭގައި ގާއިމު ކޮށްފައިވާ ގޮފިތަކަށް ބޭނުންވާ 40 ޕްރިންޓަރ ފޯރުކޮށްދިނުމަށް ފުރުޞަތު ހުޅުވާލަމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި ތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާ އެޓޭޗް ކޮށްފައިވާނެއެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2026 ނޮވެންބަރު 16 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
https://forms.cloud.microsoft/r/tj07UtkLtJ
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 ނޮވެންބަރު 22 ވާ އާދީއްތަ ދުވަހުގެ 13:30 ގައެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2026 ނޮވެންބަރު 15 ވާ އާދީއްތަ ދުވަހުގެ 11:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ރަސްމީ ގަޑީގައި މި މަރުކަޒުގެ 3019340 / 3019300 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.