ދިވެހިރާއްޖެ
މިރަށުގެ ބައެއް ގޭގެއިން މަގުމައްޗަށް ފެންދާގޮތަށް ގޭގޭގެ ދިޔަދޮވި ހުންނަކަމަށް މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން މިކައުންސިލްގެ ނަންބަރު 2014/R-330 ޤަވައިދުގައި ގޯތީގެ އިމުގެ މަގުމައްޗަށްވާ ފަޅިން ޢިމާރާތްކޮށްފައި ހުންނަ ބިނާތަށް މަގުމައްޗަށް ފެންފަހިވާގޮތަށް ޢިމާރާތްކުރާނަމަ ފުރާޅުގާ ދިޔަދޮވިލައި ހޮޅިގުޅަން ވާނީ މަގުމައްޗަށް ފެންނުފައިބާގޮތައްކަމަށް ވާނީ ބަޔާންކުރެވިފައެވެ.
މިގޮތަށް ގޭގެ ފުރާޅުން ފައިބާފެން ނުވަތަ ދިޔަދޮވިން ފައިބާފެން މަގުތަކަށް އޮހޭގޮތަށް ދޫކޮށްލުމުން މަގުތަކުގައި ވަޅުގަނަޑު ހެދި ފެންހިނދުން ލަސްވެ ޢާންމު ރައްޔިތުންނަށް އެތަށް ތަކުލީފުތަކާއި ކުރިމަތިލާންޖެހެއެވެ.
ވީމާ، މިފަދައިން ޤަވައިދާ ޚިލާފަށް ހުރި ގޭގެ ފުރާޅުތަކާއި ދިޔަދޮވިތަކުން މަގުމައްޗަށް ފެންނުދާގޮތަށް ބަދަލުކޮށް ޤަވައިދާ އެއްގޮތަށް އަމަލުކުރެއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.