މަސައްކަތް
ނަންބަރު: (IUL) 329/329/2026/61
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 22 ނޮވެންބަރު 2026 13:00
ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޅުވެލިފުށީ ޕޮލިސް ސްޓޭޝަން ހިންގާ ޢިމާރާތް މަރާމާތު ކުރުމަށް ކުރި އިޢުލާން ނަންބަރ ( (IUL) 329/329/2026/59) ބާތިލް ކޮށް އަލުން އިޢުލާންކުރުން

އޮޅުވެލިފުށީ ޕޮލިސް ސްޓޭޝަން ހިންގާ ޢިމާރާތް މަރާމާތު ކުރުން

މިއިދާރާގެ ނަންބަރު: IUL/329/329/2026/59 އިޢުލާން ބާޠިލްކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

މި އިދާރާއިން ދޭ މައުލޫމާތާ އެއްގޮތަށް އޮޅުވެލިފުށީ ޕޮލިސް ސްޓޭޝަން ހިންގާ ޢިމާރާތް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚުގައި މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުން އޮންނާނީ 17 ނޮވެންބަރު 2026 ވާ އަންގާރަ ދުވަހުގެ 13:00 ގައި އޮޅުވެލިފުށީ ކައުންސިލް އިދާރާގައެވެ. ބީލަން ހުށަހެޅުން އޮންނާނީ 22 ނޮވެންބަރު 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގައި އޮޅުވެލިފުށީ ކައުންސިލް އިދާރާގައެވެ.

މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ

އީމެއިލް: [email protected]

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

01 ޖުމާދަލްއާޚިރާ 1448

10  ނޮވެންބަރު 2026

10 ނޮވެންބަރު 2026