ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I/2026/163
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 15 ނޮވެންބަރު 2026 12:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސެމީ ސްކިލްޑް ވޯކަރ - ހއ. އިހަވަންދޫ އައިސްޕްލާންޓް / މިފްކޯ

ވަޒީފާގެ ފުރުސަތު

މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު

ސެމީ ސްކިލްޑް ވޯކަރ

ބޭނުންވާ ޢަދަދު

 01

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް 01 އަހަރު ދުވަސް (ފުރަތަމަ 03 މަސް ޕްރޮބޭޝަން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ހއ. އިހަވަންދޫ އައިސްޕްލާންޓް / މިފްކޯ

ޖުމްލަ މުސާރަ:

9،979.50 ރުފިޔާ

އިތުރު ޢިނާޔަތްތައް:

އިތުރު ގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ  އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ

ޝަރުޠު:

  •  ގްރޭޑް 7 ފެންވަރު ހުރުން ނުވަތަ މަޤާމާއި ގުޅޭ ދާއިރާއަކުން 01 އަހަރުގެ ތަޖުރިބާ ލިބިފައިވުން
  • މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކުރުމާއިއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން

މަޤާމުގެ މަސްޢޫލިއްޔަތު:

  • އައިސް އުފައްދާ މެޝިނުތަކާއި ވަސީލަތްތައް ހިންގުމުގައި އެހީތެރިވުން.
  • އައިސް ލޯޑުކޮށް ބޭލުމުގެ މަސައްކަތް ކުރުމުގައި އެހީތެރިވުން.
  • އައިސް ކިރުމާއި، ގުދަންކުރުމުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • ޕްލާންޓާއި، މެޝިނަރީތަކާއި، މަސައްކަތްކުރާ މާހައުލު ސާފުތާހިރުކޮށް ބެލެހެއްޓުން.
  • މެޝިނަރީތަކުގެ އަސާސީ މަރާމާތުތަކުގައި އެހީތެރިވުމާއި، އެއްވެސް މައްސަލައެއް ނުވަތަ ގެއްލުމެއް ފާހަގަވެއްޖެނަމަ އެކަން ރިޕޯޓުކުރުން.
  • ސަލާމަތީ ފިޔަވަޅުތަކަށް އަމަލުކުރުމާއި، ރައްކާތެރިކަމުގެ އާލާތްތައް ފުރިހަމައަށް ބޭނުންކުރުން.
  • އައިސް ފޮނުވުމަށް ތައްޔާރުކުރުމާއި، ފޮނުވުމުގެ މަސައްކަތްތަކުގައި އެހީތެރިވުން.
  • އައިސް ތަޣައްޔަރުވިޔަ ނުދިނުމަށާއި ގެއްލުންވިޔަ ނުދިނުމަށްޓަކައި، ރަނގަޅު ގޮތުގައި ތަރުތީބުކޮށް ގުދަންކުރުން.
  • ސުޕަވައިޒަރު ހަވާލުކުރާ އިތުރު މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު އަދި ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (މިފްކޯ ޖޮބް އެޕްލިކޭޝަން ފޯމް)

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ

އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 15 ނޮވެމްބަރު 2026 ދުވަހުގެ      12:00 ގެ ކުރިންނެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

ނޯޓް:މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.  

 

10 ނޮވެންބަރު 2026