މަސައްކަތް
ނަންބަރު: (IUL)23-PD(PMS)/23/2026/400
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:48
ސުންގަޑި: 18 ނޮވެންބަރު 2026 13:00
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ
ދިވެހިރާއްޖެ
ނެޝަނަލް ހެލްތް ލެބޯޓްރީގެ ވޯޓަރ ކެމިސްޓްރީ ކަބަޑު (އެޓޭޗް ކުރެވިފައިވާ ކުރެހުމާއި އެއްގޮތަށް) ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން 

ނެޝަނަލް ހެލްތް ލެބޯޓްރީގެ ވޯޓަރ ކެމިސްޓްރީ ކަބަޑު (އެޓޭޗް ކުރެވިފައިވާ ކުރެހުމާއި އެއްގޮތަށް) ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ  (IUL)23-PD(PMS)/23/2026/331(28 ސެޕްޓެމްބަރ 2026) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ ދެފަރާތުން ކަމަށްވެފައި އެފަރާތްތަކުން ހުށަހަޅާފައިވާ އަގުތައް މިމަސައްކަތަށް އަންދާޒާ ކުރާއަގަށް ވުރެ ބޮޑުވާތީ، އެއިޢުލާން ބާތިލް ކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 10 ނޮވެނަބަރ 2026 ވާ އަންގާރަ ދުވަހުން ފެށިގެން 18 ނޮވެންބަރ 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 24 ނޮވެންބަރ 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 22 ނޮވެންބަރ 2026 ވާ އާދިއްތަ ދުވަހު މެންދުރު 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

01 ޖުމާދިލްއާޙިރު 1448ހ

10 ނޮވެންބަރު 2026