ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)269/269/2026/71
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:58
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވައިކަރަދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 2026
މިކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ޤުރުއާން މުބާރާތް މި މަހު 11 ވާ ބުދަ ދުވަހުގެރޭ (މާދަމާ ރޭ) 20:00 ގައި ސުލައިމާނިއްޔާ ސްކޫލްގައި ފެށޭނެއެވެ. އަދި ކިޔެވުން ކުރިއަށް ގެންދެވޭނެ ތާރީޚާއި ގަޑިތައް ތިރީގައި މިވަނީއެވެ.
- ފުރަތަމަ ދަންފަޅި 11 ނޮވެންބަރު 2026 (ބުދަ) ދުވަހުގެ ރޭ 20:00 އިން 21:30 އަށް.
- ދެވަނަ ދަންފަޅި 12 ނޮވެންބަރު 2026 (ބުރާސްފަތި) ދުވަހުގެ ހަވީރު 16:30 އިން 17:30 އަށް.
- ތިންވަނަ ދަންފަޅި 12 ނޮވެންބަރު 2026 (ބުރާސްފަތި) ދުވަހުގެ ރޭ 20:00 އިން 21:30 އަށް.
- ހަތަރުވަނަ ދަންފަޅި 13 ނޮވެންބަރު 2026 (ހުކުރު) ދުވަހުގެ ރޭ 20:00 އިން 21:00 އަށް.
ވީމާ ޢިޢުލާންކޮށްފައިވާ ޝެޑިއުލާ އެއްގޮތަށް ދަރިވަރުން ކިޔަވަން ހާޒިރުވުން އެދެމެވެ. އަދި މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ހުރިހާ ބައިވެރިންނާއި އެކުދިންގެ ބެލެނިވެރިން ބައިވެރިވެ ދެއްވުން އެދެމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
10 ނޮވެންބަރު 2026