ދިވެހިރާއްޖެ
ނަމްބަރު: (IUL)413/413/2026/62
އިޢުލާން
ގއ.ގެމަނަފުށީ ކައުންސިލް އިދާރާއަށް ކަރަންޓް ސާމާނު ސަޕުލައި ކޮއްދޭނެ ފަރާތެށް ހޯދުމާބެހޭ:
ގއ.ގެމަނަފުށީ ކައުންސިލް އިދާރާއަށް ކަރަންޓް ސާމާނު ސަޕުލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރިތީގައި މިދެންނެވިފައިވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ.
ބީލަމުގައި ރަޖިސްޓްރީވުމަށް [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅައިގެންނެވެ.
|
ތަފްސީލް |
ތާރީޙް |
ގަޑި |
|
ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުން |
18 ނޮވެމްބަރ 2026 |
12:00 ގެ ކުރިން. |
|
އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން |
25 ނޮވެމްބަރ 2026 |
13:00 ގައި |
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ކޮށްމެ ފަރާތަކުންވެސް ހުށަހެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ ގއ. ގެމަނަފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދަސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ.
މި މަސައްކަތާ ބެހޭ މައުލޫމާތު ކަރުދާސް ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
16 ޖުމާދުލް އާހިރާ 1448
10 ނޮވެމްބަރ 2026