ދިވެހިރާއްޖެ
ނަންބަރ: (IUL)413/413/2026/63
ގއ.ގެމަނަފުށީ ކައުންސިލުން ތަރައްޤީކުރާ މިއުޒިކަލް ވޯޓާ ޝޯ ފައުންޓެއިން ސިސްޓެމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:
ގއ.ގެމަނަފުށީ ކައުންސިލުން ތަރައްޤީކުރާ މިއުޒިކަލް ވޯޓާ ޝޯ ފައުންޓެއިން ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރިތީގައި މިދެންނެވިފައިވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
ބީލަމުގައި ރަޖިސްޓްރީވުމަށް [email protected] އަށް ޢީމެއިލް މެދުވެރިކޮށް ހުށަހަޅައިގެންނެވެ.
|
ތަފުސީލް |
ތާރީޙް |
ގަޑި |
|
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުމަށް |
10 ނޮވެންބަރ 2026 އިން 18 ނޮވެންބަރ 2026 ގެ ނިޔަލަށް |
18 ނޮވެންބަރ 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އޮންލައިންކޮށް |
|
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް |
25 ނޮވެންބަރ 2026 ވާ ބުދަ ދުވަހު |
14:00 ގައި ގއ.ގެމަނަފުށީ ކައުންސިލް އިދާރާގެ މީޓިންރޫމް ގައި |
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށަހެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ ގއ. ގެމަނަފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. އަންދަސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެއެވެ.
މި މަސައްކަތާ ބެހޭ މަޢުލޫމާތު ކަރުދާސް ރަޖިސްޓްރީވާ ފަރާތްތަކަށް ޢީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
01 ޖުމާދަލް އާޚިރު 1448
10 ނޮވެންބަރ 2026