މުބާރާތް
ނަންބަރު: (IUL)252/252/2026/155
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 10:09
ސުންގަޑި: 17 ނޮވެންބަރު 2026 13:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް މި ކައުންސިލްގެ ރަސްމީ މަރުކާ އާއި ސިއްކަ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ޢިއްލާން

 

މިކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް މި ކައުންސިލްގެ ރަސްމީ މަރުކާ އާއި ސިއްކަ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

                 މިކައުންސިލުންދޭ މައުލޫމާތާ އެއްގޮތަށް މިކައުންސިލްގައި ރަސްމީކޮށް ބޭނުންކުރާނެ މަރުކާ އާއި ސިއްކަ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ.

                 ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރައްވަވާ މަރުކާ އާއި ސިއްކަ ހުށަހެޅުއްވުމަށް ދެންނެވީމެވެ. މަރުކާ އާއި ސިއްކަ ހުށަހެޅުމުގެ ފުރުޞަތު އާއްމު ވިޔަފާރިވެރިންނަށާއި ކުންފުނިތަކަށާއި އާއްމު ފަރުދުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ. ރަޖިސްޓްރީކުރާ ފަރާތްތަކަށް މަރުކާ އާއި ސިއްކަ ޑިޒައިންކުރަންވީ ގޮތުގެ މައުލޫމާތު ޝީޓް ފޮނުވޭނެއެވެ. ހުށައަޅުއްވާ ރަސްމީ މަރުކާ އާއި ސިއްކަތަކުގެ ތެރެއިން 01 ވަނަ އަށް ހޮވޭ މަރުކާ އާއި ސިއްކަ އަކަށް މިކައުންސިލުން -/10000ރ (ދިހަހާސް ރުފިޔާ) ފައިސާ އިނާމެއްގެ ގޮތުގައި ދިނުމަށްވަނީ ހަމަޖެހިފައެވެ.

ރަޖިސްޓްރޭޝަން ލިންކް: https://forms.gle/iXnee5dpL1u9rVa78

 

ރަޖިސްޓްރީ ކުރުން

17 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 13:00 ގެކުރިން

ލޯގޯ ހުށަހެޅުން

16 ޑިސެމްބަރ 2026 ވަނަ ދުވަހުގެ 13:00 ގައި

 

                މަރުކާ އާއި ސިއްކަ ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމަކާއި އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. މަރުކާ އާއި ސިއްކަގެ ހާރޑް ކޮޕީ ހުށައަޅާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ: 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

               މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

10 ނޮވެންބަރު 2026