ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)343/343/2026/82
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 21:41
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އއ. ބޮޑުފޮޅުދޫ ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލަށް ދިމާވެފައިވާ އިދާރީ އަދި ފަންނީ ދަތިތަކަށް ޙައްލު ހޯދައިދިނުމާއި، މަޢުލޫމާތު ހިއްސާކުރުމާއި ގުޅޭ (ފުރަތަމަ އިޢުލާން):-
އއ. ބޮޑުފޮޅުދޫ ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު 2026 ނަންބަރު 03/2016/343(USL) ގެ 26-1 ވަނަ މާއްދާ (އުސޫލުގައި ބަޔާންކޮށްފައި ނުވާ ކަންކަން ނިންމުން) އަށް ރިއާޔަތްކޮށް، ފޯމު ފުރުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެގޮތުން އަންނަނިވިގޮތަށް އަމަލުކުރުމަށް ކައުންސިލްގެ 25 ވަނަ ރަސްމީ އާންމު ޖަލްސާއިން ވަނީ ނިންމާފައެވެ.
- އައިޑެންޓިޓީ ކަށަވަރުކުރުމުގެ ލިޔެކިޔުން: އައިޑީ ކާޑުގެ އިތުރުން، ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ގޮތުގައި އުފަންދުވަހުގެ ސެޓްފިކެޓް، ޑްރައިވިންގ ލައިސަންސް ނުވަތަ ޕާސްޕޯޓް ބަލައިގަތުން.
- މުއްދަތު ހަމަވެފައިވާ ލިޔެކިޔުން: ގޯއްޗަށް އެދި ހުށަހަޅާ ފަރާތް ފިޔަވައި، ފޯމުގައި ހިމެނޭ އެހެނިހެން ފަރާތްތަކުގެ އައިޑީ ކާޑު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސްގެ މުއްދަތު ހަމަވެފައިވީ ނަމަވެސް ބަލައިގަތުން.
- ގޯތީގެ މިލްކުވެރިކަން/ބޮޑުމިން އަންގައިދޭ ލިޔުން: ގޯތީގެ ރަޖިސްޓްރީގެ އިތުރުން، ކަމާގުޅޭ އިދާރާއަކުން ދޫކޮށްފައިވާ ގޯތީގެ ބޮޑުމިން އަންގައިދޭ ރަސްމީ ލިޔުން ބަލައިގަތުން.
ވީމާ، މިކަން އާއްމުކޮށް އަންގާ އިއުލާންކުރަމެވެ.
09 ނޮވެންބަރު 2026