ތަމްރީނު
ނަންބަރު: MNU-CA-RG/2026/35
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 16:41
ސުންގަޑި: 28 ޖަނަވަރީ 2027 14:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2027 ވަނަ އަހަރުގެ ފުރަތަމަ ޓާމުގެ ކޯސްތަކަށް އިޢުލާން ކުުރުން

އިޢުލާން

 

2027 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު 15 ނޮވެންބަރު 2026 ވާ އާދިއްތަ ދުވަހު ހެނދުނު 08:00 އިން ފެށިގެން 28 ޖެނުވަރީ 2027 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށް އޮންނާނެއެވެ. މި ކޯސްތަކާ ބެހޭ މަޢުލޫމާތު  courses.mnu.edu.mv/އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

 

ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތާލައްވާ:

Application announcement 2027 - Term 1

 

 

ކޯސްތަކަށް އެޕްލައި ކުރާއިރު ހުށަހަޅާ ލިޔުންތައް ހުންނަންވާނީއެއްފައިލެއްގޮތުގައި ކިޔަން ސާފުވާނެހެން ޕީ.ޑީ.އެފް. ފޯމެޓުގައި ސްކޭން ކުރެވިފައެވެ.

ތިރީގައި މިވާ ކޯސްތަކަށް ހޮވުނުކަމުގެ ލިޔުންދޫކުރާނީ 04 ފެބުރުވަރީ 2027 ގެ ފަހުންނެވެ.

 

  1. އެޑްވާންސްޑް ސެޓްފިކްޓް އިން ނަރސިންގ
  2. ބެޗްލަރ އޮފް ނަރސިންގ
  3. ބެޗްލަރ އޮފް އާރޓްސް އިން އާކިޓެކްޗަރަލް ޑިޒައިން
  4. ބެޗްލަރ އޮފް ސައިކޮލޮޖީ
  5. ބެޗްލަރ އޮފް މެޑިކަލް ލެބޯރަޓަރީ ސައިންސް
  6. ބެޗްލަރ އޮފް އޮކިއުޕޭޝަނަލް ތެރަޕީ
  7. ބެޗްލަރ އޮފް ސްޕީޗް ލެންގުއޭޖް ޕެތޮލޮޖީ
  8. ޑިގްރީ އިން ޑޮކްޓަރ އޮފް މެޑިސިންގ

 

09 ނޮވެންބަރު 2026