ދިވެހިރާއްޖެ
|
|
ތްރީ ފޭސް ކަރަންޓް އެޅުމާއި ކަރަންޓް މީޓަރު ބަދަލުކުރުމުގެ މަސައްކަތް
މިކޯޓުގެ ތްރީ ފޭސް ކަރަންޓް އެޅުމާއި ކަރަންޓު މީޓަރު ބަދަލުކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މިމަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި އިއުލާނާއި އެޓޭޗްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށް މިމަސައްކަތް ކޮށްދޭނެ އަގު އަދި މުއްދަތު އެނގޭނެގޮތަށް ކޯޓޭޝަން ހުށަހެޅުން އެދެމެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ކޯޓޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2026 ނޮވެމްބަރ 19 ވަނަ ދުވަހުގެ 13:00 ގެ ކުރިންނެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ، [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑީގެ ކުރިން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
29 ޖުމާދަލްއޫލާ 1448 ހ.
09 ނޮވެމްބަރ 2026 މ.