މަސައްކަތް
ނަންބަރު: 590-A/2026/32
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 15 ނޮވެންބަރު 2026 13:00
މާލެއަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކ.ކާށިދޫ މެޖިސްޓްރޭޓް ކޯޓުގެ ސައިކޮޓަރިއަށް ވަންނަ ދޮރު ބަދަލުކުރުން

ކ.ކާށިދޫ މެޖިސްޓްރޭޓް ކޯޓުގެ ސައިކޮޓަރިއަށް މިހާރު ވަންނަން ހުންނަ ދޮރު ނަގައި، އައު ދޮރެއް ހަރުކުރުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 2026 ނޮވެމްބަރ 15 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މި މައްސަކަތާއި ގުޅޭ މަޢުލޫމާތު ޝީޓް، މިއިއުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ނޯޓް: މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކޮށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި ކޯޓޭޝަން ހުށަހެޅުމަށް ޙާޟިރުވާއިރު ނުވަތަ އީމެއިލް ([email protected]) ކުރައްވާއިރު އެބޭފުޅެއް ތަމްޞީލު ކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ރަސްމީލިޔުމެއް (ރަޖިސްޓްރީ ކޮޕީ) ނުވަތަ ކޮންޕަނީގެ ޕޮރޮފައިލް ޝީޓް ހުށަހަޅަން ވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލު ހަމަޖެއްސިކަން އަންގައިދޭ ސިޓީއެއް ގެންނަން ވާނެއެވެ.

09 ނޮވެންބަރު 2026