ދިވެހިރާއްޖެ
ނަންބަރު: 258/258/2026/91(IUL)
އިޢުލާން
މަގޭ ފުރާޅު އޮފް-ގްރިޑް ސޯލާ އެނާރޖީ އިނީޝިއޭޓިވް ޤާއިމު ކުރުމާއި ގުޅޭ
ހަނިމާދޫ ކައުންސިލްގެ ސްމާޓް އައިލެންޑް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ މަގޭ ފުރާޅު އޮފް ގްރިޑް ސޯލާ އެނާރޖީ އިނީޝިއޭޓިވް ޤާއިމްކުރުމުގެ އުޞޫލާއި އެއްގޮތަށް މި މަޝްރޫޢުގައި ބައިވެރިވާން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ހުޅުވާލެވުނު މުއްދަތު ހަމަވެފައިވާތީ، ރަޖިސްޓްރީވުމުގެ މުއްދަތު ތިރީގައިމިވާ ތާވަލާއި އެއްގޮތަށް އިތުރުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. ވީމާ، ތިރީގައިވާ ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ލިންކް: https://mageyfuralhu.hanimaadhoo.gov.mv/
|
ތަފްސީލް |
ތާރީޚް |
|
ފޯމް ހުށަހެޅުން |
09 ނޮވެމްބަރ 2026 އިން 24 ނޮވެމްބަރ 2026 ގެ ނިޔަލަށް |
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
29 ޖުމާދަލްއޫލާ 1448
09 ނޮވެމްބަރ 2026