މަސައްކަތް
ނަންބަރު: (IUL)321/321/2026/185
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:08
ސުންގަޑި: 17 ނޮވެންބަރު 2026 13:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލެކުއަރ އައިލެންޑް ޤުރުއާން މުބާރާތް 1448 ގައި ފަނޑިޔާރުކަންކޮށްދޭނެ ފަނޑިޔާރުންގެ ޕެނެލް އެކުލަވާލުމާ ގުޅޭ

އިޢުލާން

މި އަހަރުގެ ނޮވެންބަރު މަހުގެ 26 ން 28 ގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ލެކުއަރ އައިލެންޑް ޤުރުއާން މުބާރާތް 1448 އިންސާފުކޮށްދޭނެ 03 ފަނޑިޔާރުންގެ ޕެނެލެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 2026 ނޮވެންބަރު 17 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އީމެއިލްގެ ޒަރީއާއިން ކޯޓޭޝަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން މިއިދާރާގެ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ކޯޓޭޝަން ހުށައަޅުއްވާއިރު އަންނަނިވި ކަންކަމަށް ސަމާލުކަން ދެއްވުން އެދެމެވެ.

  1. ތުޅާދޫ ކައުންސިލުން ކޮށްދޭނެ ކަންކަން:
  • ފަނޑިޔާރުންގެ ހުރުމާއި ކެއުމުގެ އިންތިޒާމު ހަމަޖައްސައިދިނުން
  • އެއްބަސްވުމާ އެއްގޮތަށް މަސައްކަތުގެ އަގު ފަނޑިޔާރުންނަށް ދިނުން

 

  1. ފަނޑިޔާރުންގެ ޕެނަލުން ކޮށްދޭންވާނެ ކަންކަން:
  • ވަކިފަރާތަކަށް ނުޖެހި އިންސާފުވެރިކަމާއެކު، ބައިވެރީންގެ ކިޔެވުމަށް އިންސާފުކުރުމާއެކު، ބައިވެރީންނަށް ހައްގުވާ މާކްސް ދީ، މާކްޝީޓު ފުރިހަމަކުރުން
  • މުބާރާތުގެ ސުވާލުތައް ތައްޔާރުކުރުން (ޕަވަރޕޮއިންޓްގައި/ ސޮފްޓްވެއަރއިން)

މުބާރާތުގައި ކިޔެވި ބައިވެރީންގެ ކިޔެވުމުން ފާހަގަކުރެވުނު ކަންކަމާ ގުޅޭގޮތުން، ދަރިވަރުންނާއި ބެލެނިވެރީންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްދިނުން/ ނިންމުމުގެ ރަސްމިއްޔާތުގައި އެކަމާ ގުޅޭގޮތުން ވާހަކަ ދެއްކުން/ ރަނގަޅު ފެންވަރެއްގެ ވީޑިއޯ ރެކޯޑިންގ އެއް ހުށައެޅުން

 

  1. ހުށައަޅަން ޖެހޭ ތަކެތި:
  • މަސައްކަތުގެ އަގު (ކޯޓޭޝަނުގައި ކޮންމެ ފަނޑިޔާރަކަށް ދުވަހަކަށް ޖެހޭ އަދަދު އެނގޭގޮތަށް ދިވެހި ރުފިޔާއިން)
  • ފަނޑިޔާރުންގެ ޕެނަލުގައި ހިމެނިވަޑައިގަންނަވާ 3 ބޭފުޅުންގެ ވަނަވަރު (ފޮޓޯ ހިމެނޭހެން)
  • ފަނޑިޔާރުންގެ ޕެނަލުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތަޢުލީމީ ސެޓިފިކެޓުތަކާއި އައިޑީކާޑު ކޮޕީ
  • 2021 ވަނަ އަހަރުން ފެށިގެން އަގު ހުށައަޅާ ތާރީޚާ ހަމައަށް، ފަނޑިޔާރުކަން ކޮށްދެއްވައިފައިވާ މުބާރާތްތަކުގައި ލިބިފައިވާ ލިޔުން/ސެޓިފިކެޓް

 

  1. ޕޮއިންޓް ދިނުމަށް ކަނޑައަޅައިފައިވާ ގޮތް:
  • މަސައްކަތުގެ އަގު: 70 (ހުށައަޅާ އެކަށިގެންވާ އެންމެ ކުޑަ އަގު)
  • ތަޖުރިބާ: 20 (މުބާރާތުގައި ފަނޑިޔާރުކަން ކޮށްދިންކަން އެނގޭނެހެން، ހުށައަޅާ ކޮންމެ ލިޔުމަކަށް 1 ޕޮއިންޓް)
  • ތަޢުލީމީ ފެންވަރު: 10 (ޤުރްއާނުގެ ޢިލްމުން)

 

މި މަސައްކަތާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު:  6600006 އާ ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

29 ޖުމާދަލްއޫލާ  1448    

09 ނޮވެންބަރު   2026

09 ނޮވެންބަރު 2026