ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)336/336/2026/60
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:47
ސުންގަޑި: 14 ނޮވެންބަރު 2026 09:00
މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތު ބައްދަލުވުމާ ގުޅޭ

އިޢުލާން 

މާލެ އަތޮޅު ގުޅީ ކައުންސިލްގެ ކުރިއަށް އޮތް 5 އަހަރުގެ (2027 ން 2031 އަށް) ތަރައްޤީ ޕްލޭން އަދި ފައިނޭންޝިއަލް ޕްލޭން އެކުލަވާލުމަށް ބޭއްވޭ މަސައްކަތު ބައްދަލުވުން 14 ނޮވެންބަރު 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 ން 17:00 އަށް ގުޅީ ސްކޫލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ރަށުގެ ތަރައްޤީއަށްޓަކައި ތިޔަ ލޮބުވެތި ރައްޔިތުންގެ ބިނާކުރަނިވި ޚިޔާލާ މަޝްވަރާ ޙިއްސާކުރުމަށް މި ބައްދަލުވުމަށް ވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވަމެވެ. މި ބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެވަޑައިގެންނެވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

މި އިޢުލާނާއެކު މި ބައްދަލުވުމުގެ ޝެޑިއުލް ޢާންމުކުރެވިފައިވާނެއެވެ. މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ނޮވެންބަރު 2026