ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)450-CA/450/2026/43
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 19 ނޮވެންބަރު 2026 13:30
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ސީނިއަރ ފެމިލީ ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން އޮފިސަރ

އިޢުލާނު

މަޤާމު:

ސީނިއަރ ފެމިލީ ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 7، ސްޓެޕް 1

ބޭނުންވާ އަދަދު:

 1

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ / ކޯޕަރޭޓް އެފެއަރޒް ޑިޕާޓްމަންޓު

އަސާސީ މުސާރަ:

މަހަކު 9845.00  ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 4595.00ރުފިޔާ

ހާޒިރީ ޢިނާޔަތް:

ހާޒިރުވާ ދުވަހަކަށް -/125 ރުފިޔާ، (ސަތޭކަ ފަންސަވީސް ރުފިޔާ)

އެހެނިހެން އެލަވަންސް:

  • ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  • ދައުލަތުގެ ޕޭ ފްރޭމްވަރކުގެ މިންގަނޑުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޮތޯރިޓީގެ މަސައްކަތްތަކާއި ގުޅޭގޮތުން އޮތޯރިޓީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޤަވާއިދުން މަޢުލޫމާތު ފޯރުކޮށްދިނުން.
  2. އޮތޯރިޓީން ފާހަގަކުރާ ޚާއްޞަ ދުވަސްތަކާ ގުޅޭ ޕޯސްޓްތައް އޮތޯރިޓީގެ ސޯޝަލް މީޑިއާގައި ޕްލެޓްފޯމްތަކުގައި ޙިއްޞާކުރުން.
  3. އޮތޯރިޓީން މީޑިއާތަކަށް މަޢުލޫމާތުދޭނެ ގޮތުގެ މީޑިއާ ޕްލޭން އެކުލަވާލައި، ޢަމަލުކުރުން.
  4. އޮތޯރިޓީގެ މަސައްކަތްތަކާއި ގުޅޭގޮތުންނާއި ގެވެށި އަނިޔާ ހުއްޓުވުމާއި ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، އެފަދަ އިންތިޒާމްތައް ހަމަޖެއްސުން.
  5. އޮތޯރިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ތައްޔާރުކުރަން ޖެހޭ ޚަބަރު/ނޫސްބަޔާން/ސްޓޭޓްމަންޓް ތައްޔާރުކޮށް، ވެބްސައިޓްގައި ޝާއިއުކުރުމާއި، އޮތޯރިޓީގެ އެހެނިހެން ޕްލެޓްފޯމްތަކުގައި ޙިއްޞާކުރުން.
  6. މުހިންމު ބައްދަލުވުންތަކާއި އެކިއެކި އިވެންޓުތަކުގެ ފޮޓޯ، ވީޑިއޯ ނަގައި، އެޑިޓްކުރުމާއި، ޕޯސްޓްކުރުން އަދި އަރުޝީފުކުރުން.
  7. އޮފީހުން ހިންގާ ޙަރަކާތްތަކުގެ މަޢުލޫމާތު ޙިއްޞާކުރުމަށް ބޭއްވޭ މީޑިއާ އިވެންޓުތަކުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، މީޑިއާއަށް ދަޢުވަތު ދިނުމާއި، އަދި މީޑިއާތަކަށް މަޢުލޫމާތު ދިނުމަށްޓަކައި ބޭނުންވާނެ ތަފާތު އެކި ވަސީލަތްތަކާއި، މަޢުލޫމާތު އެއްކޮށް، ފޯރުކޮށްދިނުން.
  8. އޮތޯރިޓީން ވެބްސައިޓްގައި އަދި ސޯޝަލް މީޑިއާގައި ޙިއްޞާކުރާ މަޢުލޫމާތު އެކްސެސިބަލް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން.
  9. މީޑިއާގެ ޒަރީއާއިން ފަތުރާ ގެވެށި އަނިޔާއާ ގުޅުންހުރި ޚަބަރުތައް އަދި އޮތޯރިޓީއާ ގުޅުންހުރި ޚަބަރުތައް ދިރާސާކޮށް، މެނޭޖްމަންޓްގެ ސަމާލުކަމަށް ގެނައުމާއި އެ ޚަބަރުތައް އަރުޝީފުކުރުން.
  10. އޮތޯރިޓީގެ ވެބްސައިޓް (އިނގިރޭސި އަދި ދިވެހި ކޮންޓެންޓް) އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ދިރާސާކޮށް ދުވަހުން ދުވަހަށް ގެންނަންޖެހޭ ބަދަލުތަކާއި ބެހޭ މަޢުލޫމާތު ސްޕަވައިޒަރަށް ދިނުމާއި، އެފަދަ ބަދަލުތައް އެޕްރޫވް ކުރުމުން އެ ބަދަލުތައް ގެނައުން.
  11. އޮތޯރިޓީން ތައްޔާރުކުރާ ޕޯސްޓަރ، ފްލަޔަރ، ލީފްލެޓް، އަތްމަތީ ފޮތް، ރިޕޯޓް، ސޯޝަލް މީޑިއާ ރީލްސް، ވީޑިއޯ ސްޕޮޓްސް، އިންފޮގްރަފިކްސް ފަދަ މަސައްކަތްތަކުގައި ފޯރުކޮށްދޭންޖެހޭ ޓެކްނިކަލް އެހީތެރިކަން އެހެން ޑިޕާޓްމަންޓްތަކަށް ދިނުން.
  12. މަސައްކަތަކާ ގުޅޭގޮތުން މީޑިއާ ޕްރޮގްރާމް/އިންޓަވިއުތަކުގައި އޮތޯރިޓީ ތަމްސީލުކޮށް މަޢުލޫމާތު ދޭން ޖެހިއްޖެނަމަ އެ މަޢުލޫމާތެއް ފޯރުކޮށްދިނުން.
  13. މީޑިއާ ކަވަރޭޖްގެ ބޭނުމަށް އޮތޯރިޓީން ކުރާ ދަތުރުތަކުގައި ބައިވެރިވާން ޖެހޭ ހާލަތްތަކުގައި ބައިވެރިވުން.
  14. މަތީގައިވާ ކަންތައްތަކުގެ އިތުރުން، އޮތޯރިޓީން ކުރާ އެހެނިހެން ރަސްމީ މަސައްކަތްތަކާއި ހަރަކާތްތަކުގައި ބައިވެރިވުމާއި، އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުތުތައް:

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7  ނުވަތަ 8 ގެ ސަނަދެއް ހާސިލް ކޮށްފައިވުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް ޕޮލިސީ، ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، ޕަބްލިކް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހިއުމަން ރިސޯސަސް، ފައިނޭންސް، ޕަބްލިކް ފައިނޭންސް، ފައިނޭންޝަލް މެނޭޖްމަންޓް، އެކައުންޓިންގ އެންޑް ފައިނޭންސް، އެކައުންޓިންގ، ޕަބްލިކް ރިލޭޝަންސް، މީޑިއާ، އިންޓަރނޭޝަނަލް ރިލޭޝަންސް، ކަސްޓަމަރ ސަރވިސް މެނޭޖްމަންޓް، ޕްރޮކިއުމަންޓް މެނޭޖްމަންޓް، ލޮޖިސްޓިކްސް މެނޭޖްމަންޓް، އޮޕަރޭޝަންސް މެނޭޖްމަންޓް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު. (މި ފޯމު ތިރީގައިވާ ލިންކުން ޑައުންލޯޑު ކުރެވޭނެއެވެ. އަދި މި ފޯމު މި އިޢުލާނާއިއެކު ގެޒެޓުގައި ޝާއިއުކުރެވިފައިވާނެއެވެ.) http://fpa.gov.mv/dv/downloads/job-application-form
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސްޕިލްއާއި ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒިފާއަށް އެދޭ ފޯމް ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 2026 ނޮވެންބަރު 19 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.ސުންގަޑީގެ ފަހުން ލިބޭ އީމެއިލްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
  • މި އީމެއިލްއަށް އެޕްލިކޭޝަން ލިބުމުން ރިޕްލައިއެއް ފޮނުވޭނެއެވެ. ރިޕްލައި ލިބިލައްވާފައި ނުވާނަމަ ރަސްމީ ގަޑީގައި މި އޮތޯރިޓީގެ ނަންބަރު 3010551 އަށް ގުޅުއްވައި އީމެއިލް ލިބުނުކަން ޔަގީން ކުރެއްވުން އެދެމެވެ.
  • އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓު ލިސްޓުކުރުން:

  • މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކުގެ ތެރެއިން ތަޢުލީމާއި ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓުލިސްޓު ކުރެވޭނެއެވެ.

އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

  • މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ 2026 ނޮވެންބަރު 22 އާ 30 އާ ދެމެދުއެވެ.  އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ މިއޮތޯރިޓީގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަވިއު އަދި ޕްރެކްޓިކަލްއަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.  

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓު (A2 ފޯމު)" ޢާންމުކުރުން:

  • އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ ބަންދު ނޫން 3 ދުވަސްތެރޭގައި ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓު އާއްމު ކުރެވޭނެއެވެ. އަދި، އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު) މި އިދާރާގެ ވެބްސައިޓުގައި އާއްމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ ޝީޓު އާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.  

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3010551  ނަންބަރަށެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ވެބްސައިޓު www.fpa.gov.mv އިން ލިބެން ހުންނާނެއެވެ.

09 ނޮވެންބަރު 2026