ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-AHI/309/2026/99
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި:
15 ނޮވެންބަރު 2026 13:30
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
"ދަ ލޭންޑް އޮފް ކާޕެންޓަރސް ހޭންޑްބޯލް މުބާރާތް 2026" ޤަވާއިދު އަށް 1 ވަނަ އިސްލާޙު ގެނައުން:
- ބުނެވިދިޔަ ޤާވާއިދު 6 ވަނަ މާއްދާގެ (6.4) އަންނަނިވި ގޮތައް އިސްލާޙުކުރުން.
|
6.4 |
މުބާރާތުގައި ކުޅޭ ކުޅުންތެރިންނަކީ މީލާދީ ގޮތުން 01 ޖަނަވަރީ 2026 އަށް 14 އަހަރުފުރިފައިވާ ކުޅުންތެރިއަކަށް ވާންވާނެއެވެ. މުބާރާތުގައި ސްކޫލް ދަރިވަރުން ބައިވެރި ކުރެވޭނީ ބެލެނިވެރިޔާގެ އިޢުތިރާޟެއް ނެތްކަމުގެ ލިޔުން ކައުންސިލަށް ހުށަހެޅުމަށްފަހުއެވެ. |
- މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، 15 ނޮވެމްބަރު 2026 ވާ އާދިއްތަ ދުވަހުގެ 13:30 ކުރިން " ދަ ލޭންޑް އޮފް ކާޕެންޓަރސް ހޭންޑްބޯލް މުބާރާތް 2026" ގައި ބައިވެރިވުމަށް އެދޭ ގޫގަލް ފޯމް ފުރުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވާ ޓީމްތަކުން ޓީމު ލިސްޓް ހުށަހެޅޭނެ އެންމެފަހުގެ ތާރީޚަކީ 17 ނޮވެމްބަރު 2026 ވާ އަންގާރަ ދުވަހުގެ 13:30 އެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
08 ނޮވެންބަރު 2026