ދިވެހިރާއްޖެ
މާލެ ސިޓީ / މ. ފަޅުމަތީގެ، ޢަލީ އިމްއާން (އައިޑީކާޑް ނަންބަރު: A065497) އަކީ މިކޯޓަށް ހުށަހެޅިފައިވާ "ޙުކުމް ތަންފީޛުކުރުން" (ދަރިންގެ ޚަރަދު)ގެ މައްސަލައެއްގައި ކޯޓަށް ޙާޟިރުކުރުމަށްޓަކައި، ކޯޓަށް ޙާޟިރުވުމުގެ އަމުރު ލިބި، މަޤުބޫލު އުޒުރެއްނެތި އަމުރުގައިވާ ގަޑިއާއި ތާރީޚަށް ކޯޓަށް ޙާޟިރުވެފައި ނުވާ މީހެކެވެ.
ވީމާ، 2026 ނޮވެމްބަރ 29 ވަނަ ދުވަހުގެ 13:00 އަށް ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވުމަށް، މާލެ ސިޓީ / މ. ފަޅުމަތީގެ، ޢަލީ އިމްއާން އަށް އަންގައި އިޢުލާން ކުރަމެވެ. އަދި ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވުމަށް އުޒުރުވެރިވާނަމަ، އެހެން ކޯޓެއް މެދުވެރިކޮށް ވީޑިއޯ ކޮންފަރެންސްގެ ޒަރީޢާއިން ޝަރީޢަތް ކުރިއަށް ގެންދިއުމަށް ދަޢުވާލިބޭ ފަރާތުން ބޭނުންވާނަމަ، 2026 ނޮވެމްބަރ 19 ވަނަ ދުވަހުގެ 10:00 ގެ ކުރިން ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓަށް އެންގުމަށާއި، މިދެންނެވުނު ގޮތަށް ޢަލީ އިމްއާން ޢަމަލުކޮށްފައި ނުވާނަމަ، ޢަލީ އިމްއާންގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގާ ނިންމޭނެކަން އަންގައި އިޢުލާން ކުރަމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 6840051 އަށް ގުޅުއްވުމަށްވެސް އަންގަމެވެ.