ބީލަން
ނަންބަރު: GS170/IUL/2026/04
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި: 22 ނޮވެންބަރު 2026 11:00
ދަރަނބޫދޫ ސްކޫލް
ދިވެހިރާއްޖެ
2027 ވަނަ އަހަރު ދަރަނބޫދޫ ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

 

ދަރަނބޫދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

މިސްކޫލްގެ ސެކިޔުރިޓީ 01  ޖަނަވަރީ 2027 އިން ފެށިގެން 31 ޑިސެމްބަރ 2027 ގެ ނިޔަލަށް 1 އަހަރު ދުވަހުގެ މުއްދަތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަށް ބޭނުންވެއްޖެއެވެ.

މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްޞީލްތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މިބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން، 2026 ނޮވެމްބަރ 08 އިން 2026 އޮކްޓޯބަރ  16 އަށް ބަންދުނޫން  ކޮންމެ ދުވަހަކު 8:00 އިން 13:00 އަށް މިސްކޫލަށް ގުޅުއްވައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 17 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

މިބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 ނޮވެމްބަރ 18 ވާ ބުދަ ދުވަހުގެ 11:00 ގައި ދަރަނބޫދޫ ސްކޫލްގައެވެ.

 ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2026 ނޮވެމްބަރ 22 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ދަރަނބޫދޫ ސްކޫލް ގައެވެ.

މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް މިސްކޫލްގެ ނަންބަރ 7952911 އާ ގުޅުންވުން އެދެމެވެ. އީމެއިލް އެޑްރެސް އަކީ  [email protected] އެވެ.

08 ނޮވެންބަރު 2026