ޢާންމު މަޢުލޫމާތު
ނަންބަރު: CBM - 2026 - 010
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:39
ސުންގަޑި: 10 ނޮވެންބަރު 2026 00:00
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދެ ކޮޓަރީގެ ސެމީ-ފާރނިޝްޑް އެޕާޓްމަންޓެއް ކުއްޔަށް ހިފުމާ ގުޅޭ

 

ދެ ކޮޓަރީގެ ސެމީ-ފާރނިޝްޑް އެޕާޓްމަންޓެއް ކުއްޔަށް ހިފުމާ ގުޅޭ

 

މި ބޯޑުގެ ބޭނުމަށް މާލެއިން 2 (ދޭއް) ކޮޓަރީގެ ސެމީ-ފާރނިޝްޑް އެޕާޓްމަންޓެއް ކުއްޔަށް ހިފަން 1 (އެއް) އަހަރުދުވަހަށް ބޭނުންވެއެވެ..

 

ވީމާ، މިފަދަ އެޕާޓްމަންޓެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 ނޮވެމްބަރު 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، އެޕާޓްމަންޓުގެ މަޢުލޫމާތާއި، ކުއްޔަށް ދޫކުރާ އަގު އެނގޭނޭހެން މި ބޯޑަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.

 

އެޕާޓްމަންޓުގައި ހުންނަންވާ މައިގަނޑު ޝަރުޠުތައް،:

 

2 ކޮޓަރި (ކޮންމެ ކޮޓަރިއަކާއެކު ފާޚާނާ ހިމެނޭ ގޮތަށް)

ސެމީ-ފާރނިޝްޑް (ކޮޓަރި އަދި ބަދިގޭގެ މައިގަނޑު ވަސީލަތްތައް ހިމެނޭ ގޮތަށް)

ދޮންނަ މެޝިނާއި އައިސްއަލަމާރި ހުރުން

ފަސޭހައިން ވަދެނިކުމެވޭނެ އަމާން، ރަނގަޅު ތަނަކަށްވުން

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް މި ބޯޑުގެ އީމެއިލް ފޮނުވައިދެއްވުން އެދެމެވެ.

[email protected]

3325503

07 ނޮވެންބަރު 2026