ދިވެހިރާއްޖެ
ކުޅުދުއްފުށީގައި ދިރިއުޅޭ އަންހެނުންގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ޙާލަތު ދެނެގަތުމުގެ ދިރާސާއެއްކުރުމުގެ ކޮންސަލްޓެންސީ ޚިދުމަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)266-PR/266/2026/209 (18 އޮކްޓޯބަރ 2026) އިއުލާނުގެ އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތުވަނީ ބަދަލުވެފައެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ކުންބުޓި ޕޯޓަލްގެ ބިޑް ރެޖިސްޓްރޭޝަން ފޯމް މެދުވެރިކޮށް ރަޖިސްޓަރ ވެލައްވާ:
ލިންކް: https://kunbuti.gov.mv/services/Procurement
|
ތަފްސީލް |
ތާރީޚް |
ގަޑި |
|
އަންދާސީ ހިސާބު ހުށަހެޅުން |
10 ނޮވެމްބަރ 2026 (އަންގާރަ) |
10:30 |
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527177، 6527192 ނުވަތަ 6527113 އަށެވެ. |
||
މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މިއިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv/procurement އިން 18 އޮކްޓޯބަރ 2026 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
ބީލަމާގުޅޭ މައުލޫމާތު ޝީޓު އަދި ބީލަން ފޮތް ޑައުންލޯޑު ކުރެއްވުމަށް: https://kulhudhuffushicity.gov.mv/procurement/586