ޢާންމު މަޢުލޫމާތު
ނަންބަރު: 540-A/2026/6
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:09
ސުންގަޑި: 11 ނޮވެންބަރު 2026 13:00
މިލަދުންމަޑުލު އުތުރުބުރީ މަރޮށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މިލްކުވެރިކަން

ށ.މަރޮށީ "އަސުރުމާގެ"އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދަލާއި ރުއްގަހުގެ މިލްކުވެރިކަމާމެދު ދަޢުވާކުރާފަރާތެއް ވާނަމަ، 07 (ހަތެއް) ދުވަހުގެ ތެރޭގައި އެކަން ލިޔުމަކުން މިލަދުންމަޑުލު އުތުރުބުރީ މަރޮށީ މެޖިސްޓްރޭޓް ކޯޓަށް އެންގެވުން އެދެމެވެ.

05 ނޮވެންބަރު 2026