ދިވެހިރާއްޖެ
މިއިދާރާއިން ކޮށްފައިވާ ނަމްބަރ: (IUL)343-AS/343/2026/66 (30 ސެޕްޓެމްބަރ 2026) އިޢުލާނުގެ މަޢުލޫމާތު ފުރިހަމަނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިއުލާން ކުރަމެވެ.
މި އިޢުލާނާއެކު އެއްހީރަސްކޮށްފައިވާ މަޢުލޫމާތުޝީޓާއެއްގޮތަށް 5 އަހަރު ދުވަހުގެ މުއްދަތަކަށް މިކައުންސިލުގެ ވެބްސައިޓްގެ މެއިންޓެނެންސް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2026 ނޮވެމްބަރ 16 ވާ ހޯމަދުވަހުގެ 11:00ށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ހުށަހަޅާ އަންދާސީހިސާބުތައް ކެނޑުން އޮންނާނީ ހުށައަޅާފަރާތްތަކުގެ ހާޒިރުގައި ހަމަ އެގަޑީގައެވެ.
އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހެޅުއްވުމަށްޓަކައި ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ހުށަހަޅުއްވާފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއިއެކު ބަދަލުގައި ފޮނުއްވާފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އައިޑީކާޑް ނަމްބަރ ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންޖެހޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
05 ނޮވެމްބަރ 2026
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ބޮޑުފޮޅުދޫ، ދިވެހިރާއްޖެ
ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާސް
- ތަޢާރަފް
މިއީ، އެއްހީރަސްކޮށްފައިވާ މަޢުލޫމާތުޝީޓާއެއްގޮތަށް 5 އަހަރު ދުވަހުގެ މުއްދަތަކަށް އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ވެބްސައިޓްގެ މެއިންޓެނެންސް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރެވުނު މި އިދާރާގެ ނަންބަރު: (IUL)343/343/2026/79 (05 ނޮވެމްބަރ 2026) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ދެވޭ ބީލަމާގުޅޭ މަޢުލޫމާތު ކަރުދާހެކެވެ. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.
- ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.
- ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
- ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.
- އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.
މި ބީލަމުގެ އެންމެހައި ކަންތައްތަކެއް ކުރިޔަށްދާނީ ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދުގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުޞޫލުތަކުގެ މަތީންނެވެ.
- ބީލަމުގެ މަޢުލޫމާތު
2.1. ބީލަމާއި ގުޅިގެން ސާފުކުރަންޖެހޭ މަޢުލޫމާތެއް ވާނަމަ އެ ސުވާލެއް ފޮނުވަންވާނީ ތިރީގައި އެވާ އީމެއިލް އެޑްރެހަށެވެ.
- އީމެއިލް: [email protected]
- ފޯނު ނަންބަރު: 0900 666
2.2. އަންދާސީހިސާބު ހުށައެޅުން އަދި އަންދާސީހިސާބުތައް ކެނޑުން އޮންނާނެ ތަނާއި، ތާރީޚާއި ގަޑި ތިރީގައި އެވަނީއެވެ.
- ތަން އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ، އަބަދައްފެހި މަގު، ބޮޑުފޮޅުދޫ
- ތާރީޚް: 16 ނޮވެމްބަރ 2026
- ގަޑި: މެންދުރުކުރި 11:00
- ބީލަން އިވެލުއޭޓްކުރުމުގައި މާރކްސް ދެވޭނެގޮތް:
|
ފޯމިއުލާ |
ތަފުސީލު |
މާކްސް ދެވޭ ގޮތް |
މާކްސްދެވޭ ކްރައިޓީރިއާ |
|
(Benchmark Price / Submitted Price) x Allocated Percentage |
v މަސައްކަތުގެ އަގަށްދޭ މާކްސް - މާކްސްދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. - މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ. |
%80 |
އަގު |
|
(Proposed experience/ Benchmark total experience x 20) |
v ތަޖުރިބާ (ވެބްސައިޓް މެއިންޓެނެންސަށް ދޫކޮށްފައިވާ ލިޔުންތައް – ކޮންމެ ލިޔުމަކަށް 5 ޕޮއިންޓް) - ހުށައަޅާ ލިޔުންތަކުން އެންމެ މަތީ ޕޮއިންޓް ލިބޭ ފަރާތަކަށް %20 ލިބޭ އުޞޫލުން |
20% |
ތަޖުރިބާ |
އަންދާސީހިސާބު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް އަދި ޕްރޮޕޯޒަލް ހުށަހަޅާ ޕްރޮޖެކްޓްގެ ނަމާއި އިޢުލާން ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.