ދިވެހިރާއްޖެ
މި އިދާރާއިން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް މ.ކޮޅުފުށީ މަހިނޫރު އިމާރާތުގެ 2 ފާހާނާ ދޮރު ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ބަދަލުކުރުމަށް ބޭނުންވާ ދޮރުގެ މިންތަކާއި ކޯޓޭޝަން ފޯމް މި އިއުލާނާއި އެއްހީރަސްކުރެވިފައިވާނެއެވެ. އަދި ދޮރުގެ މިންތައް އިތުރަށް އޮޅުންފިލުވުމަށް ބޭނުންވާ ފަރާތްތަކުން މި އިދާރާއަށް ގުޅުއްވުމުން އެ އިންތިޒާމް ހަމަޖައްސައިދެވޭނެކަމުގައި ދަންނަވަމެވެ. މިމަސައްކަތުގެ ކޯޓޭޝަން ހުށަހެޅުން އޮންނާނީ 08 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 11:00 ގައި މިކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ.
މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ކޯޓޭޝަން ހުށަހެޅުއްވުމަށް ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި ކޯޓޭޝަން ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ކޯޓޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވައި މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.