ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)347-ES/347/2026/54
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 19 ނޮވެންބަރު 2026 12:00
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުތުރު ފަރާތު ޕާކުތަކުގެ ތެރޭގައިހުރި ރުއްގަހުގެ ވެރިން ހޯދުން

މިރަށު އުތުރު ފަރާތު ޕާކުތަކުގެ ތެރޭގައި ހުރި ރުއްގަހުގެ ވެރިން ހޯދުމަށްކުރި މި އިދާރައިގެ ނަންބަރު: (IUL)347-ES/347/2026/46 (13 އޮކްޓޫބަރު 2026) އިޢުލާނުގެ މުއްދަތު ހަވަމިއިރު، އެ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މި އިދާރާއަށް ރުއްގަހާއިބެހޭ މަޢުލޫމާތު ހިއްސާކޮށްފައެއްނުވެއެވެ.

ވީމާ، އުތުރު ފަރާތު ޕާކު ތަކުގެ ތެރޭގައި އަދި ޕާކުގެ އިންފާރަކަށް އަރާގޮތަށް އެއްވެސް ފަރާތެއްގެ ރުއްގަހެއް ހުރިނަމަ 2026 ނޮވެމްބަރު 19 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ރުއް ގަހާއިބެހޭ، މިއިދާރައިގެ ނަންބަރު: (IUL)347-ES/347/2026/46 އިޢުލާނުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު މި އިދާރާއަށް ހިއްސާކޮށް ދެއްވުން އެދެމެވެ.

04 ނޮވެންބަރު 2026